ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސޮނޭވާ ޖާނީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

988

ނ. އަތޮޅުގައި ހިންގާ މަތީ ފަންތީގެ ރިސޯޓެއް ކަމަށްވާ ސޮނޭވާ ޖާނީގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައި، އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް އެމަޖެންސީ ޓީމުތަކުން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، އަލިފާންގަނޑު ވަނީ ރިސޯޓުގެ ބައެއް އޯވާވޯޓާ ވިލާތަކަށް ފެތުރިފައެވެ. އެ ސަރަހައްދުން ވަރަށް ބޯކޮށް ދުން އަރަމުންދާ މަންޒަރު ފެންނައިރު، އަލިފާނުގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އަލިފާނުގެ ހާދިސާގެ ރިޕޯޓު ލިބުމާއެކު ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިންގެ އިތުރުން ރިސޯޓްގެ މުވައްޒަފުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އަލިފާން ރޯވާން މެދުވެރިވި ސަބަބާއި ލިބުނު ގެއްލުމުގެ ފުރިހަމަ ތަފްސީލެއް ކަމާބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Photo 6249193758490562312 y

ތެޔޮ ބޯޓުގައި ރޯވެ އަނިޔާވި ބިދޭސީއަކަށް ފަރުވާދެނީ

43

ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަނީ

WhatsApp Image 2026 04 03 at 00.58.30

ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްޓާފް ރޫމްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީ

66

އަލިފާންރޯކޮށްލި ކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދަށް އިތުރު 30 ދުވަސް