ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަމީނީ މަގުގެ ހަލާކުވެފައިވާ ސަރަހައްދު އަލުން ތަރައްޤީކުރަނީ

Screenshot 2026 04 11
އަމީނީ މަގުގެ ބައެއް ސަރަހައްދުތަކުގެ ތާރުގަނޑު ވަނީ އުފުލިފައި–

އަމީނީ މަގުގެ ތާރު ހަލާކުވެފައިވާ ސަރަހައްދު އަލުން ތަރައްޤީކުރުމަށް ނިންމައިފިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރެޝަން، އާރުޑީސީން ބުނީ، އަމީނީ މަގުގެ ހުލަނގަށްވީ ފަރާތް ވަރަށް ބޮޑަށް ޙަލާކުވެފައިވާތީ އެ ސަރަހައްދު އަލުން ތާރު އަޅައިގެން ތަރައްޤީކުރުމަށް ނިންމާފައިވާކަމަށެވެ. އަމީނީ މަގުގެ ބައެއް ސަރަހައްދުތައް ވަނީ ތާރުތައް އުފުލި، ދުއްވާ އުޅަނދުތަކަށް ނުރައްކާވެފައެވެ. މިދިޔަ ސަރުކާރުގައި އަމީނީ މަގު ތަރައްޤީކުރިނަމަވެސް މަގުގެ ބޮޑު ބައެއް ހަލާކުވެ މީގެ ކުރިންވެސް މިސަރުކާރުން ވަނީ އެ ސަރަހައްދު އަލުން މަރާމާތުކޮށްފައެވެ.

އާރުޑީސީން ބުނީ ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި މަގު ހެދުމުގެ މަސައްކަތް ފަށާނެކަމަށެވެ. އެގޮތުން މ ިހާރު އޮތް ތާރުގަނޑު ނަގައި އެތަނުގައި އަލުން ތާރު އެޅުމަށް ނިންމާފައިވާކަމަށް އާރުޑީސީން ބުންޏެވެ.

އަލުން ތާރު އަޅާއިރު، ޓެކްނިކަލް ގޮތުން ބަލަންޖެހޭ ކަންކަން ބަލާނެކަމަށާއި، ޚާއްޞަކޮށް ތާރު އަޅާއިރު ރާއްޖެއިން ބޭރުން އިންޖިނިއަރުން ގެނެސް އެ މަސައްކަތްކުރުމަށް ނިންމާފައިވާކަމަށްވެސް އާރުޑީސީން ބުންޏެވެ.

މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ، އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ތަރައްޤީކޮށްފައިވެއެވެ. އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ 2024 އަހަރުގެ ޖަނަވަރީ މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HE00v30asAAGFbq

ދ. މީދޫގެ މަގުތައް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

Big cC3WUg6EDGh1oSknc8YSs6jNs

ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކުރުމަށް ގިނަ ޢަދަދެއްގެ މެޝިނަރީތައް ރާއްޖެ ގެނެސްފި

ވާދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

ގެމަނަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ފަށައިފި