އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާގެ އިތުބާރު ނެތް ކަމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ 55 މެންބަރުން ސޮއިކޮށް ހުށަހަޅައިފިއެވެ.
ކައުންސިލް އިންތިޚާބު ނިމުމާއެކު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ ފެކްޝަންގެ ދެމެދުގައި މައްސަލަޖެހި ގިނަ ކަންތައްތަކެއް އަންނަނީ ހިނގަމުންނެވެ.
މި ނުތަނަވަސްކަމުގެ ތެރެއިން ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ޑެޕިޔުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް ވަނީ މަގާމުން ވަކިކޮށްފައެވެ.
އެ ދެ ބޭފުޅުން މަގާމުން ވަކިކުރީ ގަޕޯއެވެ. އެއާއެކު އެ ޕާޓީގެ ތެރޭގައި މައްސަލަ ވަނީ އިތުރަށް ގޯސްވެފައެވެ.
ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ވާހަކަދައްކަން ފުރުސަތު ދިނުމަށްފަހު ފަހުން ވަނީ އެ ފުރުސަތު ނުދޭން ނިންމާފައެވެ. މިއީ ރައީސް ސޯލިހުގެ އެންގެވުމަށް ޗެއާޕާސަން ގަޕޯ ކުރެއްވި ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު