އީރާނުން ދޫނުދިނުމުން، އެމެރިކާއިން އީރާނަށް ދެމުންގެންދާ ޓެރަރިސްޓު ހަމަލާތައް ދެހަފްތާއަށް މެދުކަނޑާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމައިފިއެވެ.
އެމެރިކާގެ ރައީސް މިކަން ހާމަކުރީ، އޭނާގެ އަމިއްލަ ޓުރުތު ސޯޝަލްގައި ޕޯސްޓްކުރި މެސެޖެއްގައެވެ.
އީރާނަށް ދެމުންގެންދާ ހަމަލާތައް ދެ ހަފްތާއަށް މަޑުޖައްސާލަން ޓްރަމްޕް ނިންމީ، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ހުށަހެޅުއްވި ހުށަހެޅުއްވުން ގަބޫލު ކުރުމަށް ފަހުގައި ކަމަށެވެ.
ޓްރަމްޕް ބުނެފައިވަނީ، އީރާނުން ހުށަހަޅާފައިވާ 10 ނުކުތާއަކީ އެއްބަސްވުމަކަށް އާދެވިދަނެ ނުކުތާތަކެއް ކަމަށާއި، ވާހަކަ ދައްކައިގެން އެކަން ކުރެވޭނޭ ކަމަށެވެ.
އީރާނަށް ހަމަލާދިނުން ހުއްޓާލަން އިސްރާއީލުންވެސް އެއްބަސް ވެފައިވާކަމަށް މީޑިއާއިން ރިޕޯޓް ކުރާއިރު، މިކަމާ ގުޅޭގޮތުން އިސްރާއީލުން ސީދާ އެއްޗެއް ބުނެފައެއް ނުވެއެވެ.
ދެ ހަފްތާއަށް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އާދެވިފައިވާ ކަމަށް އީރާނުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުންވަނީ މިކަމާ ގުޅޭގޮތުން ބަޔާނެއް ނެރެފައެވެ.
އަދި މިނިންމުން އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީ އެޕްރޫވް ކުރައްވާފައިވާ ކަމަށްވެސް ހަމާކޮށްފައި ވެއެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަކް ސެކިއުރިޓީ ކައުންސިލްގެ ބަޔާނުގައި ބުނެފައިވަނީ، މިއީ އީރާނަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.
އީރާނަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް ދެ ހަފްތާއަށް މެދުކަނޑާލަން ޓްރަމްޕް އެއްބަސްމިވީ، އީރާނުން ހޮރްމޫޒު ކަނޑުއޮޅި މުޅީން ހުޅުވާނުލައިފިނަމަ އީރާނުގެ ބްރިޖްތަކާއި އިންޖީނުގެތައް ގޮއްވައި ބިމާހަމަ ކޮށްލާނޭ ކަމަށް ދިން ސުންގަޑި ހަމަވާން މަދު ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ.
ކިޔުންތެރިންގެ ހިޔާލު