ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަނގުރާމަ ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމަކަށް ހޮރްމޫޒެއް ނުހުޅުވޭނެ: އީރާނު ސަރުކާރު

ހޮރްމޫޒު ކަނޑުއޮޅި
Maldivian_Ads
TTH_Ads
STO_Ads
Advertisement

ވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ހޮރްމޫޒު ކަނޑުއޮޅި ނުހުޅުވާނޭ ކަމަށް އީރާނުން ބުނެފިއެވެ.

އީރާނު ސަރުކާރުގެ އޮފިޝަލުން މިކަން ހާމަކޮށްފައި މިވަނީ، 45 ދުވަހަށް ހަނގުރާމަ ހުއްޓާލަން ޕާކިސްތާން، މިސްރު އަދި ތުރުކީ މެދުވެރިކޮށް ލިބުނު ހުށަހެޅުމަކާ ގުޅިގެންނެވެ.

45 ދުވަހަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހެދުމަށް ޕާކިސްތާނާއި، މިސްރާއި، ތުރުކީން ތައްޔާރުކުރި ހުށަހެޅުން މިހާރުވަނީ އީރާނުގެ އިތުރުން، އެމެރިކާއަށްވެސް ހުށަހަޅާފައެވެ. މީގައި، ދާއިމީ އެއްބަސްވުމަކަށް ދިއުމުގެ މަގުޗާޓެއްވެސް ހިމަނާފައި ވެއެވެ.

HajjCop_ads
Advertisement

މި ހުށަހެޅުމަށް އީރާނާއި އެމެރިކާއިން އެއްބަސް ވެއްޖެނަމަ މާދަމާ ހަނގުރާމަ ހުއްޓޭނެއެވެ.

މި ހުށަހެޅުމުގައި، ހޮރްމޫޒު ކަނޑުއޮޅި ހުޅުވާލަން ހިމަނާފައިވާތީ އީރާނުން ބުނެފައިވަނީ ވަގުތީ އެއްބަސްވުމަކަށް ހޮރްމޫޒު ނުހުޅުވޭނޭ ކަމަށާއި، މިހާރުވެސް އޮތް ގޮތަށް ދުޝްމަނުންގެ އުޅަނދުތަކަށް ކަނޑުއޮޅި ބަންދުކަމަށެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީއާއި، އެމެރިކާގެ ރައީސްގެ ޚާއްސަ މަންދޫބު ސްޓިވް ވިޓްކޮފާ ދެމެދު ޓެކްސްޓް މެސެޖްތައް ބަދަލުކުރުމުގައި ޕާކިސްތާން، މިސްރު އަދި ތުރުކީން ގެންދަނީ އެހީތެރިވަމުންނެވެ.

އެމެރިކާއާއި އީރާނާ ދެމެދު މެސެޖް މެދުވެރިކޮށް ކުރެވެމުންދާ މަޝްވަރާތަކުން، އެއްބަސްވުމަކާ ހަމައަށް ދެވުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް، އެކަމުގެ މައުލޫމާތު އެނގޭ މަސްދަރުތަކާ ހަވާލާދީ އެމެރިކާގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމަކަށް ދިއުމަށް ދެކޮޅު ހަދައި އީރާނުން ބުނަމުން ގެންދަނީ، ޣައްޒާއާއި ލުބުނާނަށް ޖެހިފައިވާ ހާލަތަށްދާން އީރާނު ބޭނުން ނުވާ ކަމަށެވެ.

ޣައްޒާ ހަނގުރާމައާއި، ލުބުނާނު ހަނގުރާމަ ހުއްޓާލަންވެސް އެއްބަސްވުންތަކެއް ހެދިފައިވާ ކަމަށާއި، ނަމަވެސް އިސްރާއީލާއި އެމެރިކާއިން ބޭނުންވީމާ ބޭނުންވާ ކޮންމެ ވަގުތަކު ހަމަލާތައް ދެމުންގެންދާ ކަމަށް އީރާނުން ބުނެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ވާހަކަ ދެކެވޭއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އެއްބަސްވުމެއް ހެދުމަށް ނުވަތަ ހޮރްމޫޒު ހުޅުވަން މާދަމާގެ ނިޔަލަށް އެންމެ ފަހުގެ މުހުލަތު ދީފައެވެ. ބުނެފައިވަނީ، ހޯމަ ދުވަހާ ހަމައަށް އީރާނުން އެކަން ނުކޮށްފިނަމަ އަންގާރަ ދުވަހަކީ އީރާނުގެ އިންޖީނުގެތަކާއި، ބްރިޖްތައް ގޮއްވާލާނޭ ދުވަސް ކަމަށެވެ. އީރާނަށް އިންޒާރުކޮށް އެމެރިކާގެ ރައީސްވަނީ އޭނާގެ ޓުރުތު ސޯޝަލްގައި ވަރަށް ހުތުރު ބަސްތައް ލިޔެފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގަތަރުގެ ބޮޑުވަޒީރު ތެހެރާނުގައި، ދެގައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް

ސީރިއާއަކީ މިހާރު ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްނޫން: އެމެރިކާ

އީރާނުގެ އިގްތިސާދު ފުނޑުފުނޑުކޮށްލުމަށް އެމެރިކާއާ ބައިވެރިވާ ގައުމުތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

އުމާނަށް ބޮންއަޅަން ޖެހިދާނޭ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް އިންޒާރު ކޮށްފި