މިފްކޯ އިން މިއަދު ތެޔޮމަސްދަޅުގެ އަގު ބޮޑުކުރުމަށްފަހު، ރައްޔިތުންގެ އެދުމުގެމަތިން ކުރީގެ އަގުގައި މަސްދަޅުގެ އަގު ދެމެހެއްޓުމަށް ނިންމައިފިއެވެ.
މިފްކޯއިން ބުނީ ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިޢާޔަތްކޮށް، މިރެއިން ފެށިގެން މިފްކޯގެ މަސްފިހާރަތަކުން ކުރިއެކޭވެސް އެއްގޮތަށް ތެޔޮމަސްދަޅެއް 17.50ރ. އަށް އަދި ތެޔޮމަސްދަޅު ކޭހެއް 760ރ. އަށް ލިބޭނެ ކަމަށެވެ.
މިފްކޯއިން ކުރިން މިއަދު ވަނީ ތެޔޮމަސްދަޅެއް 18.50ރ. އަށް އަދި ކޭހެއް 800ރ. އަށް ބޮޑުކޮށްފައެވެ. އެ ބަދަލު ގެނައީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، މަސްދަޅު އުފެއްދުމުގެ ޚަރަދު ބޮޑުވުމާ ގުޅިގެންނެވެ. މިފްކޯއިން ބުނެފައިވާ ގޮތުގައި ލީޓަރެއް ކުރިން 11.57ރ. އަށް ލިބެމުން ދިޔަ ތެޔޮ މިހާރު ލިބެނީ 25.89ރ. އަށެވެ.
މިފްކޯއިން ބުނީ ކޮލިޓީ ރަނގަޅު އުފެއްދުންތައް ވީއެންމެ ހެޔޮ އަގެއްގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު