ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާޅޮހުން ފަސް ގޮނޑިވެސް ކޮންގްރެސްއަށް

ނިމިދިޔަ 15 އަހަރު އިދިކޮޅު އެމްޑީޕީން ރަސްކަންކުރި އއ. މާޅޮހުން އެ ޕާޓީއަށް ބޮޑުކޮށް ނޫނެކޭ ބުނެ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަސް ގޮނޑި އެ ޕާޓީއަށް ދީފި އެެވެ.

ކައުންސިލްގެ ދެ ގޮނޑި ލިބުނީ ކޮންގްރެސް އަށެވެ. އެގޮތުން މާޅޮހު ކައުންސިލްގެ ރައީސަކަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް އަހްމަދު ރާޝިދު އެވެ. އޭނާ އަށް 238 ވޯޓް ލިބުނެވެ. އެެމްޑީޕީގެ ކެންޑިޑޭޓް ސަލީމްއަށް ލިބުނީ 230 ވޯޓެވެ.

ކައުންސިލްގެ މެންބަރު ކަމަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް އިބްރާހިމް ނަޔާޒް އެވެ. ނަޔާޒްއަށް 244 ވޯޓް ލިބިފައިވެ އެވެ.

މީގެ އިތުރުން މާޅޮހު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ތިން ގޮނޑި ވެސް ކޮންގްރެސްގެ ކެންޑިޑޭޓުން ވަނީ ކާމިޔާބު ކޮށްފަ އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ އަކަށް އިންތިޚާބުވީ މަރިޔަމް އިހްސާނާ އެވެ. މެންބަރު ކަމުގެ އަނެއް ދެ މަޤާމަށް އިންތިޚާބުވީ ޙައްވާ ސަމާ އާއި އައިމިނަތު ޝަޒީމާ އެވެ.

އިހްސާނާ ވަނީ 235 ވޯޓް ހޯދާފަ އެވެ. ޙައްވާ ސަމާއަށް 245 ވޯޓް ލިބުނެވެ. ޝަޒީމާ އަށް ވަނީ 236 ވޯޓް ލިބިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދެއްވަދޫން ކޮންގްރެސް ކެންޑިޑޭޓުން ބޮޑުކޮށް ކުރި ހޯދާ ދެވަނަ ދައުރެއް ކަށަވަރު ކޮށްފި

ތ. ގުރައިދޫ 10 ގޮނޑިވެސް ކޮންގްރެސްއަށް

ކިނޮޅަސް ކައުންސިލްގެ ރައީސްކަން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް

Ui

އެމްޑީޕީގެ ކިއްލާއެއްގެ ގޮތުގައި ލޭބަލްކުރަމުން އައި އުކުޅަހާއި ރަސްދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް