ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

5 ޖެހުމާއެކު ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފި

HFB0Tm6bsAA4erx

ވޯޓުލުމުގެ ވަގުތު ހަމަވުމާއެކު ކިއުތައް ބަންދުކުރަން ފަށައިފިއެވެ.

މިއަދު ހެނދުނު 8 ޖެހިއިރު ވޯޓުލާން ފެށީ 4 ޖަހާއިރު ކިއު ބަންދުކުރާގޮތަށެވެ. ނަމަވެސް މިއަދު ހޫނު ގަދަވެ ގިނަ ބަޔަކު ވޯޓުލުމަށް ނިކުންނަން ފެށުމާއެކު އިލެކްޝަންސް ކޮމިޝަނުން ވަނީ 5 ޖެހުމާހަމައަށް ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައެވެ.
އިލެކްޗަންސް ކޮމިޝަނުން ބުނީ މިހާތަނަށް މައިގަނޑު ބޮޑު ޝަކުވާއެއް ހުށައަޅާފައިނުވާކަމަށެވެ.

މިއަދު ކުރިއަށްގެންދިޔަ 3 އިންތިޚާބުގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މިއަދު ކުރިއަށްދިޔަ ކައުންސިލް އިންތިޚާބަށް 1593 ކެންޑިޑޭޓުން ވާދަކުރިއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް 1368 ކެންޑިޑޭޓުން ވާދަކުރިއެވެ.

މީގެ އިތުރުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓުވެސް މިއަދު ވަނީ ނަގާފައެވެ.

ވޯޓު ފޮށިތައް މިހާރު ބަންދުކޮށްފައިވާއިރު، ކުޑަ ވަގުތުކޮޅެއްފަހުން ވޯޓު ގުނަން ފަށާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

police

އިންތިޚާބުގެ ކަންކަމުގައި އާންމުން ދިން އެއްބަރުލުމަށް ފުލުހުން ޝުކުރު އަދާކޮށްފި

Mayor Athif

ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަން އެމްޑީޕީގެ އާތިފް ދިފާއު ކޮށްފި

HFD8T1BagAAgzAM

ވޯޓު ގުނަން ފަށައި، ބައެއް ފޮށިތަކުގެ ނަތީޖާ އިޢުލާންކުރަން ފަށައިފި

HFDd8 MbsAAuU J

މިހާތަނަށް %62 މީހުން ވޯޓުލައިފި