ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންތިޚާބުގެ ކަންކަމުގައި އާންމުން ދިން އެއްބަރުލުމަށް ފުލުހުން ޝުކުރު އަދާކޮށްފި

police
Maldivian_Ads
TTH_Ads
STO_Ads
Advertisement

މިއަދު ކުރިޔަށްދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބާއި އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުލުން ކުރިއަށްދިޔައިރު މާލެ އާއި އަތޮޅުތަކުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޝުކުރުއަދާކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވީ، އިންތިޚާބުގެ ކަންކަން ކުރިއަށްދިޔަ ވަގުތު އާންމު ރައްޔިތުން ދެއްކި ކެއްތެރިކަމާއި ދިން އެއްބާރުލުމަށް ޝުކުރުއަދާކުރައްވާ ކަމަށާއި، ވޯޓުލުމުގެ ސަލާމަތީ ކަންކަން އޮމާންކޮށް ދިޔައީ، ފުލުހުންގެ އިރުޝާދުތަކަށް އާންމުން އެއްބާރުލުން ދެއްވުމުންކަމަށް ވިދާޅުވެފައެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔައިރު ފާހަގަކުރެވޭފަދަ ބޮޑު ކަމެއް ހިނގާފައި ނުވާކަމަށެވެ. އަދި އިންތިޚާބާ ގުޅުންހުރި އެއްވެސް މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެއްވެސް މީހަކު ބަންދުގައި ނެތްކަމަށެވެ.

HajjCop_ads
Advertisement

ފުލުހުންގެ ޚިދުމަތުންވަނީ މުޅި ރާއްޖޭގައި ހަރަކާތްތެރިވި ފުލުހުން ކުރެއްވި ބުރަ އަދި އިޚްލާސްތެރި މަސައްކަތްތައްވެސް ފާހަގަކުރައްވާފައެވެ. އަދި ވޯޓުލާ މަރުކަޒުތަކުގެ އަމަންއަމާންކަން ދެމެހެއްޓުމުގައާއި ވޯޓުލާން ދިޔަ ރައްޔިތުންނަށާއި، އޮފިޝަލުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުންވަނީ ނަމޫނާ މަސައްކަތްތަކެއް ކޮށްދީފައިވާ ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މުޖްތަމަޢުގެ އަމަންއަމާންކަން ދެމެހެއްޓުމުގައި ދިވެހި ފުލުހުންގެ ޚިދުމަތް އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެކަމަށްވެސް ފުލުހުންގެ ޚިދުމަތުންވަނީ ވިދާޅުވެފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ފުވައްމުލައް ސިޓީން މީހަކު ހައްޔަރުކޮށްފި

Police vcle

މާލޭގެ ގެއަކަށް ވަދެ ފެރުނު މައްސަލައެއް ތަހުޤީޤުކުރަނީ

މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ހައްޔަރުކުރި ފިލްމީ ފަންނާނުންގެ ބަންދަށް 15 ދުވަސް ޖަހައިފި

police

ގަލޮޅު ގެއަކަށް ވަދެ ތިން ލައްކަ ޑޮލަރު ފޭރުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަނީ