ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖަލުހުކުމް ނިމިފައިވާ މީހުން ޖަލަށް ވޯޓުލާންދާން ޚާއްސަފެރީތަކެއް ބޭއްވުމަށް ނިންމައިފި

ވޯޓުލުމަށް ދޫނިދޫ ޖަލަށް ދާންޖެހޭ ފަރާތްތަކަށް ޚާއްސަ ފެރީތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މީގެކުރިން ވިދާޅުވީ، ވޯޓުލުމަށް ޖަލަށް ރަޖިސްޓްރީވެފައިވަނިކޮށް ޙުކުމުގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކަށް، ވޯޓުލުމަށްޓަކައި ޖަލުގެ ފޮއްޓަށް ވޯޓުލެވޭނެ އިންތިޒާމުވަނީ ހަމަޖައްސަވާފައެވެ.

އެހެންކަމުން ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ ވޯޓުލުމަށްޓަކައި ދޫނިދޫއަށް ދިޔުމަށް ފެރީތަކެއް ހަމަޖައްސަވާފައެވެ. މިގޮތުން 3 ގަޑިއެއްގައި ފެރީތައް މާލެއިން ދޫނިދޫއަށް ދާނެއެވެ. މިގޮތުން ހެނދުނު 09:00 އިން މެނދުރު 12:00 އިން އަދި މެންދުރުފަހު 13:45 ގައި މާލެއިން ފެރީ ފުރާނެއެވެ. ފެރީ ފުރުމަށް ހަމަޖެހިފައިވަނީ 3 ނަންބަރު ފާލަމުންނެވެ.

ފުލުހުން ވިދާޅުވީ، ވޯޓުލާން ދޫނިދޫއަށް ދާން އެދޭ ފަރާތްތަކުން، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ލިޔުމެއް ނުވަތަ ވޯޓުލުމަށް ބޭނުންވާ ލިޔުމެއް ގެންދަންޖެހެއެވެ. އަދި ވޯޓުލާ ފަރާތް ފިޔަވާ އެހެން ފަރާތަކަށް މިފުރުސަތުގައި ދޫނިދޫއަށް ނުދެވޭނެއެވެ. ހަމައެއާއެކު ސެކިއުރިޓީންގެ އިރުޝާދާ އެއްގޮތަށް ޢަމަލުކުރުމަށް އިލްތިމާސްކުރައްވާފައިވާއިރު، ވޯޓުލާން ދާއިރު މޯބައިލް ފޯނު ފިޔަވައި ފޮޓޯ އަދި ވީޑިއޯ ނެގުމަށް ބޭނުންކުރާ އެހެން އާލާތެއް ގެންދިޔުމަކީ މަނާކަމެކެވެ.

މިއަދު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި ރީ-ރަޖިސްޓްރޭޝަންގެ މަރުހަލާ ނިމުނުއިރު ޖަލުތަކުގައި 5 ވޯޓު ފޮށި ބަހައްޓާގޮތަށްވަނީ ހަމަޖެހިފައެވެ. އެއީ މާފުށި ޖަލުގައި 2 ފޮށި، ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި 1 ފޮށި، ހުޅުމާލެ ޖަލުގައި 1 ފޮށި އަދި ދޫނިދޫ ޖަލުގައިވެސް 1 ވޯޓު ފޮއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

election

ކައުންސިލް އިންތިޚާބެއްގައި 73 އިންސައްތަ މީހުން ވޯޓުލާފައިވޭ

police

އިންތިޚާބުގެ ކަންކަމުގައި އާންމުން ދިން އެއްބަރުލުމަށް ފުލުހުން ޝުކުރު އަދާކޮށްފި

Mayor Athif

ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަން އެމްޑީޕީގެ އާތިފް ދިފާއު ކޮށްފި

HFD8T1BagAAgzAM

ވޯޓު ގުނަން ފަށައި، ބައެއް ފޮށިތަކުގެ ނަތީޖާ އިޢުލާންކުރަން ފަށައިފި