ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާފަންނު ފިހާރައެއްގެ ތެރޭގައި މީހަކު މަރާލި ކަމުގެ ދައުވާ ލިބުނު ދެ މީހުން ސަލާމަތްވެއްޖެ

Original

2023 ވަނަ އަހަރު އަހަރު މާލޭގައި ވަޅިން ހަމަލާދީ އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވާ މުހައްމަދު އަހްމަދު ދީދީ މަރާލި ކަމުގެ ދައުވާ އުފުލި ދެ މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މުހައްމަދު އަހްމަދު ދީދީ މަރާލާފައި ވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު 24 ވަނަ ދުވަހުގެ ރޭ 9:28 ހާއިރު މާފަންނު މުރަނގަމަގުގައި ހުންނަ ‘ކްރާސާ’ ފިހާރަ ތެރެއަށް ބަޔަކު މީހުންވަދެ ވަޅިން އޭނާއަށް ހަމަލާދީގެންނެވެ.

މުހައްމަދު އަހްމަދު ދީދީ މަރުވީ، އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ހަމަލާ ދިންތާ ތިން ދުވަސް ފަހުން 27 ފެބްރުއަރީގައެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމު އާއި، ތ. ގާދިއްފުށި، ގުލޭނޫރައްމާގެ ސިރުހާން އަލީގެ މައްޗަށެވެ.

މުހައްމަދު އަހްމަދު ދީދީ މަރާލީ މޫނުނިވާކޮށްގެން ތިބި ބައެއް ކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފައެވެ. ތަހުގީގުން އެނގުނުގޮތުގައި އެ ދެ މީހުންނަކީ ފައިހް އާއި ސިރުހާނެވެ.

އެ ދެ މީހުން ވަނީ ދައުލަތުން ކުރި ދައުވާއަށް އިންކާރުކޮށްފައެވެ. ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ ޝަރީއަތަށް ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ރިއާޔަތްކުރާއިރު، އެފަދަ ކުށެއް ސާބިތުވާ މިންވަރުގެ ހެކި ލިބިފައިނުވާތީ، އެ ދެ މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

Mussss

މަސްތުވާތަކެތި ޓްރެފިކް ކުރި މީހަކު 12 އަހަރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފި

Mussss

ސާޖަންޓް އާދަމް ހަލީމް މަރާލިކަން ސަމާހުގެ މައްޗަށް އަނެއްކާވެސް ސާބިތުވެއްޖެ

Oo

ނައީމާ މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ ފަވާޒު ޝަރުތުތަކާއެކު ދޫކޮށްލައިފި