ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މައްސަލަތަކަށް ޙައްލު ގެނެސްދީ، ނަތީޖާ ނެރެދޭނަން: މޫސާ ޢަލީ ޖަލީލް

DSC

ކޮންގްރެސް ޕާޓީގެ މެންބަރުންނާއެކު މާލެ ސިޓީގެ ތަރައްޤީ އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށް، އެޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ ޢަލީ ޖަލީލް ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީން މައި ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޖަލީލް ވިދާޅުވީ، 1984 ވަނަ އަހަރު މާލޭގެ މަގުތައް ހަދަން އަކިރިޔާއި ގައު ބޭނުންވި ވަގުތު، އޭނާގެ ކޮނޑުގައި އަކިރި ބަސްތާތަކާއި ގާ ބަސްތާތައް އުފުލާފައިވާ ކަމަށެވެ. އަދި 1987 ގައި މާލެއަށް ބޮޑުރާޅު އަރައި ގެދޮރާއި ރައްޔިތުންނަށް ގެއްލުން ލިބުނު ވަގުތު، ރައްޔިތުންގެ ދަތިތައް ފިލުވައިދޭން، ބުރަތައް އުފުލި ކަމަށްވެސް މޫސާ ޢަލީ ޖަލީލް ވިދާޅުވިއެވެ.

ދިވެހި އަސްކަރިއްޔާއަށް ކުރެއްވި ދިގު މުއްދަތުގެ ޚިދުމަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މޫސާ ޢަލީ ޖަލީލް ވިދާޅުވީ، 1988 ވަނަ އަހަރު ދިވެހިންގެ ބަޔަކާއި ބޭރުގެ ޚާއިނުންގެ ބަޔަކާ ގުޅިގެން ދިވެހިންގެ އެތައް ބައެއްގެ ފުރާނައާއި ގައުމުގެ މިނިވަންކަމަށް ހަމަލާ ދިން ވަގުތު ދިވެހިންގެ ފުރާނަ އާއި ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި މޭ އައްޑަނައަކަށް ދިއްކޮށްލެވިކަމަށެވެ. މޫސާ ޢަލީ ޖަލީލް ވިދާޅުވީ، އެމަނިކުފާނަކީ އެއްވެސް އިރެއްގައި ހިދުމަތުގެ ހަވާސާގައި ހުރި މީހަކީމެއް ނޫންކަމަށެވެ. އަި އެމަނިކުފާނުގެ މިޒާޖަކީ މުރާލިކަންކަމަށާއި، ގައުމާއި ރައްޔިތުން އިސްކުރުންކަމަށްވެސް ވިދާޅުވިއެވެ. ފަހަރެއްގައި ވެސް އެމަނިކުފާނަކީ ކަންނުވެ ނަންވީ މީހެއްނޫންކަމަށްވެސް ވިދާޅުވިއެވެ.

ފަހަރެއްގައި ވެސް އަޅުގަނޑަކީ ކަންނުވެ ނަންވި މީހެއް ނޫން. އޭގެ ބަދަލުގައި އަބަދުވެސް އަޅުގަނޑަކީ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ އަމާން ކަމާއި ސަލާމަތަށްޓަކައި ކުރިއަށްދިޔަ އަމަލީ ޚިދުމަތްތެރިއެއް.

މޫސާ ޢަލީ ޖަލީލް ވިދާޅުވިއެވެ.

ޖަލީލް ވިދާޅުވީ އޭނާގެ އެ ސިފަތައް ދިވެހި ރައްޔިތުން ވެސް ތަޖުރިބާކޮށްފައިވާކަމަށެވެ. މޫސާ އަލީ ޖަލީލް ވިދާޅުވީ އޭނާގެ މުޅި ހަޔާތް ހޭދަކުރެއްވީ ޤައުމާއި މާލޭގެ ރައްޔިތުންޓަކައި ޚިދުމަތުގައި ކުރެއްވުމުގައި ކަމަށެވެ.

ޖަލީލް ވަނީ މާލެއަށް ދިމާވެފައިވާ މައްސަލަތަކަށްވެސް ޙައްލު ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުންމާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާ ޕާކިންގެ މައްސަލައާ އެ ނޫންވެސް ބޮޑެތި މައްސަލަތަކަށް ޙައްލު ހޯދުމަށް ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރަމުން ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mp falah

މިއިންތިހާބަކީ ރައީސަށް ޝުކުރުއަދާކުރުމަށް އޮތް ރަނުގެ ފުރުސަތެއް: ފަލާހު

DSC

ސުޕަރ މެޖޯރިޓީ ނިޒާމު މަޖިލީހުން ނެތިކޮށްލެވޭނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިގެން: ރައީސް

Uchchu

މާލޭގެ މޭޔަރުކަމަށް މޫސާ ޖަލީލް އިންތިޚާބުކުރުމަށް މަހުޖަނު އުއްޗު ތާއީދުކުރައްވައިފި

Election commission

އިންތިހާބާބެހޭ މަރުކަޒު ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށްފި