ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖަރުމަނުގެ ފަތުރުވެރިޔާ ގައިގައި ބުރަފަތިން ޖެހުނީ ދޯނީގެ ފަހަތުން މޫދަށް ފުންމާލުމުން!

438973 3 79addf0e8736eff3e3c0ae5bbb02a84bc8ee52ff

އދ. ކޮންރެޑް މޯލްޑިވްސް ރިސޯޓް ކައިރީގައި އޮންނަ މާންތާ ޕޮއިންޓްގައި މިއަދު މަރުވި ފަތުރުވެރިޔާ ގައިގައި ބުރަފަތިން ޖެހުނީ ދޯނީގެ ފަހަތުން މޫދަށް ފުންމާލުމުންކަން އެނގިއްޖެއެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 9:59 ހާއިރުއެވެ. އެ ހިތާމަވެރި ހާދިސާގައި މިދުނިޔެދޫކުރީ ޖަރުމަނުގެ ފިރިހެން ފަތުރުވެރިއެކެވެ.

މަންޒަރު ފެނުނު ބައެއް މީހުން ވަނީ އެ ހާދިސާ ހިނގިގޮތް “މުޅި ރާއްޖެ”އަށް ކިޔައިދީފައެވެ.

އެ މީހުން ކިޔައިދިންގޮތުގައި ޖަރުމަނުގެ ފަތުރުވެރިޔާ ހުރީ ބްލޫ ހޮރައިޒަން މޯލްޑިވްސްގެ ސަފާރީއެއްގެ ޑައިވިން ދޯންޏެއްގައެވެ.

ޑައިވިން ދޯނި ފުރަތަމަ ދިޔައީ ފަތުރުވެރިން ގޮވައިގެން ޑައިވްކުރަން ކަމަށެވެ. ޑައިވްކުރުމަށް ފަހު ފެހުރިއްސެއް ތިލަވުމުން އޭގެ ކައިރީގައި ފީނުމަށް ދޯނީގައި ތިބި މީހުން ތައްޔާރުވަމުން ދިޔަ ވަގުތު އެ ފަތުރުވެރިޔާ ދޯނީގެ ފަހަތަށް ފުންމާލީ ކަމަށް ކަމަށް އެ މީހުން ކިޔައިދިނެވެ.

“ފަތިރުވެރިޔާ ފުންމާލި ވަގުތަކީ ދޯނި ފަހަތަށް ޖަހާފައި އޮތް ވަގުތެއް ކަމުން ފަތުރުވެރިޔާ ގައިގައި ބުރަފަތިން ޖެހި ވަރަށް ބޮޑަށް ޒަހަމްވީ،” މަންޒަރު ފެނުނު މީހަކު ކިޔައިދިނެވެ.

ފުލުހުން އެ ސަރަހައްދަށް ގޮސް އެ ފަތުރުވެރިޔާ ނެގިއިރު ވެސް ވަނީ މަރުވެފައެވެ.

އެ ސަރަހައްދަކީ މީގެކުރިން ވެސް މިފަދަ ހާދިސާތަކެއް ހިނގާފައިވާ ސަރަހައްދެއް ކަމަށްވާތީ ފެހުރިހި ބަލަން ފަތުރުވެރިން ގޮވައިގެން އެ ސަރަހައްދަށް ދާ ކޮންމެ އުޅަނދެއްގެ ބުރަފަތީގައި ގާޑު އެޅުވުމަކީ ލާޒިމް ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރު ކަނޑައެޅިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

438973 3 79addf0e8736eff3e3c0ae5bbb02a84bc8ee52ff

ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިޔަކު މަރުވެއްޖެ

Iu

ވ. އަތޮޅުގައި ކަނޑުމަތީގެ އެކްސިޑެންޓް ހިނގި ސަރަހައްދުން މީހެއްގެ އަތެއް ފެނިއްޖެ

Mussss

ލޯންޗު އެކްސިޑެންޓްގައި އަތްބުރިވި މީހަކު ބޭސްފަރުވާއަށް އިންޑިއާއަށް

Mussss

ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި، ގެއްލުނު ދެ މީހަކު ހޯދަނީ