ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީ.ޕޯރޓަލް އަދި އެޕް މެދުވެރިކޮށް ފެން ބިލައް ފައިސާ ދައްކާއިލައިގެން ޢުމްރާ ދަތުރެއް

mwsc

އެމް.ޑަބްލިޔު.އެސް.ސީގެ އެޕް އަދި އީ.ޕޯރޓަލް މެދުވެރިކޮށް ޤަވާއިދުން ފެން ބިލަށް ފައިސާ ދައްކަވާ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތަކަށް، ކޮންމެ މަހަކު 3،000 ރުފިޔާ އަދި ޢުމްރާ ދަތުރެއް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް “ހަދިޔާ ބަދިޔާ” ގެ ނަމުގައި އެމް.ޑަބްލިޔު.އެސް.ސީ އިން ފަށައިފިއެވެ.

މި ޕްރޮމޯޝަނުގެ މައިގަނޑު މަޤްސަދަކީ، އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރުންނަށް ފަހި ފުރުޞަތެއް ތަނަވަސް ކޮށްދިނުމާއި އެކު، ވީހާވެސް ގިނަ ކަސްޓަމަރުން އެމް.ޑަބްލިޔު.އެސް.ސީގެ އެޕް އަދި އީ-ޕޯޓަލް އަށް އަހުލުވެރިކޮށް، އެޕް އަދި އީ-ޕޯޓަލް ބޭނުން ކުރާ ކަސްޓަމަރުންގެ އަދަދު އިތުރު ކުރުމެއެވެ.
އަދި ހަމައެއާއި އެކު ބިލްދެއްކުމަށް ކައުންޓަރުތަކަށް އައުމުގެ ބަދަލުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް ޢާންމުނަށް ބާރުއެޅުމާއި، ކައުންޓަރަށް އައުމުގެ ބަދަލުގައި އެޕް އަދި އީ.ޕޯރޓަލް މެދުވެރިކޮށްގެން ބިލްދައްކައިގެން ވަގުތު ސަލާމަތްކުރުމާއި، އެމް.ޑަބް.ލިޔު.އެސް.ސީގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކޮށް ފަސޭހަކޮށް ޒަމާނީ ކުރުމުގެ މަސައްކަތަށް ހަލުވިކަމާއެކު ކުރިއެރުން ހޯދުން ހިމެނެއެވެ.

މިޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 1 މާރިޗު 2026 އިން ފެށިގެން 31 މޭ 2026 ގެ ނިޔަލަށެވެ. މި މިޕްރޮމޯޝަންގައި ބައިވެރިވެވޭނީ ތިރީގައި ދަންނަވާފައިވާ ކަންތައްތައް ނުވަތަ ޝަރުތުތައް ފުރިހަމަވާ ކަސްޓަމަރުންނަށެއެވެ.
1. އެމް.ޑަބްލިއު.އެސް.ސީ ގެ ޑޮމެސްޓިކް ކަސްޓަމަރުން
2. ޕްރޮމޯޝަން ގެ މުއްދަތުގެ ތެރޭގައި އެމް.ޑަބްލިއު.އެސް.ސީ ގެ އެޕް އަދި އީ.ޕޯރޓަލް މެދުވެރިކޮށް ބިލަށް ފައިސާ ދައްކާ ކަސްޓަމަރުން (ބިލަށް ފައިސާ ދައްކާ ފަރާތް)
3. ޕްރޮމޯޝަން ގެ މުއްދަތު ހަމަވާއިރު، ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވާ އެއްވެސް ފެންބިލެއް ނުވަތަ އަދަދެއް ނުދައްކައި ނެތް ކަސްޓަމަރުން.

މި ޕްރޮމޯޝަންގައި ޢުމްރާ ދަތުރަށް ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތް ޢިއުލާންކުރާ ތާރީޚުން ފެށިގެން އެމް.ޑަބްލިޔު.އެސް.ސީއިން ދޭ މުއްދަތުގެ ތެރޭގައި ޢުމްރާ ދަތުރުގެ ބޭނުންކުރައްވަން ވާނެއެވެ. އުމްރާ ދަތުރު ލިބުނު ފަރާތަށް އެ ދަތުރު ބޭނުން ނުކުރެވޭނަމަ، އެހެން މީހަކަށް ބަދަލުކުރުމުގެ ފުރުޞަތު ދެވިގެންދާނެއެވެ.

ނަސީބުވެރިން ހޮވުމުގައި އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، ގުރުއަތުލުން ކުރިއަށްދާނީ ޑިޖިޓަލް ނިޒާމެއްގެ ތެރެއިންނެވެ. ނަސީބުވެރިންގެ މައުލޫމާތު ރަސްމީކޮށް އިއުލާނުކުރުމުގެ އިތުރުން، އެ ފަރާތްތަކަށް ސީދާ ގުޅައިގެން އެކަން އަންގާނެއެވެ. ގުރުއަތުން ހޮވުނު ފަރާތްތައް ރަސްމީކޮށް އިޢުލާނުކުރެވޭނީ އެމް.ޑަބްލިއު.އެސް.ސީގެ ސޯޝަލް މީޑިއާ، ވެބްސައިޓް އަދި ކަސްޓަމަރުންނާ މަޢުލޫމާތު ފޯރުކޮށްދޭ އެހެނިހެން ވަޞީލަތްތައް މެދުވެރިކޮށެއެވެ. ގުރުއަތު ނަގަން ހަމަޖެހިފައިވާ ތާރީޚް ކަސްޓަމަރުންނާއި ފަހުން ހިއްސާކުރެވޭނެއެވެ.

މިކަމާ ބެހޭގޮތުން އިތުރު އެއްވެސް ކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުއްވުމުން ނުވަތަ 1050 އަށް އެސް.އެމް.އެސް ފޮނުއްވުމުން ނުވަތަ [email protected] އަށް އީ-މެއިލްކުރެއްވުމުން އެހީތެރިކަން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބިލެތްފަހީގެ ފެނާއި ނަރުދަމާ މަޝްރޫޢުގެ ސިވިލް މަސައްކަތްތަކަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި

އެމްޑަބްލިއުއެސްސީން އިއާދަކުރަނިވި ހަކަތައިން ފެން އުފައްދަނީ

އީ.ޕޯރޓަލް އަދި އެޕް މެދުވެރިކޮށް ފެން ބިލަށް ފައިސާ ދައްކާގެން މިފަހަރުވެސް ޢުމްރާ ދަތުރެއް

“އެމް.ޑަބްލިޔު.އެސް.ސީ ރޯދަ ސުފުރާ” މި އަހަރުވެސް އިފްތާރް މީލް ޕެކް ބަހަނީ