ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފްލެޓްދިނުމުގައި އިސްކަންދޭން ނިކަމެތީންގެ ދަފްތަރެއް އެކުލަވާލަނީ

Original

ބޯހިޔާވަހިކަން އެންމެ ބޭނުންވާ މީހުންނަށް ދައުލަތުން ލުއިތަކާއެކު ފޯރުކޮށްދޭ ގެދޮރު ނުވަތަ ސޯޝަލް ހައުސިން ހަމަޖައްސައިދިނުމުގައި، އެންމެ ނިކަމެތި، އެންމެ ފަގީރު މީހުންނަށް އިސްކަން ދިނުމުގެ ގޮތުން، ޚާއްސަ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވަނީ، 3،260 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތާ ހަވާލުވެފައެވެ. އޭގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ 1،190 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ރޭ ވަނީ ފަށާފައެވެ.

އެ ފްލެޓްތަކުގެ ބިންގާ އެޅުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި މުއްތަލިބު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު، 2012 ވަނަ އަހަރު ހައުސިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް، މާލޭގެ އެތައް ގެއަކަށް ޒިޔާރަތްކުރައްވައިފައިވާ ކަމަށެވެ. އެގޮތަށް ގެތަކަށް ވަޑައިގަންނަވާއިރު، ދަތި ހާލަތުގައި އުޅޭ ގިނަ ބަޔެއްގެ އަޑު އެ މަނިކުފާނު އަައްސަވައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“އެފަދަ ގެތަކަށް ވަދެ އެ އާއިލާތަކުގެ ހާލަތު ފެނުމުން ބޯހިޔާވަހިކަމަކީ ކިހާ ހައްސާސް މައްސަލައެއްކަން އިހުސާސު ކުރެވޭނެ. މި ސަރުކާރަށް ބޯހިޔާވަހިކަމަކީ އިންސާނިއްޔަތަށް ޓަކައި ކޮށްދޭން ޖެހޭ ކަމެއް، ސިޔާސީ ކަމެއް ނޫން. މަގާމުގެ ހައިސިއްޔަތުން ނިކަމެތި ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަކީ އަޅުގަނޑުމެންނަށް ޒާތީ ކަމެއް،” މުއްތަލިބު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުއެހެންވެ، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބިނާވެފައިވަނީ އެންމެ ޕްރޮގްރާމަކަށް ނުވަތަ ނޫން އެންމެ އުސޫލަކަށް ނޫން ކަމަށް މުއްތަލިބު ވިދާޅުވިއެވެ. އެގޮތުން، މުޖުތަމައުގެ އެކި ގިންތިތަކަށް ހޯދައިދޭން ޖެހެނީ އެކި ހައްލުތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ، ހިތްދަތި، ނިކަމެތި ހާލުގައި ދިރިއުޅޭ މީހުންނަށް ޚާއްސަ އުސޫލަކުން ބޯހިޔާވަހިކަން ލިބޭނެ މަގު ފަހިކުރުމަކީ، ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރެވޭ އެންމެ ބޮޑު، އެންމެ ބޭނުންތެރި މަސައްކަތް ކަމަށެވެ.

“މާޒީގެ ތަޖުރިބާއަށް ބަލާއިރު ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ އާއިލާތަކަކީ ބޯހިޔާވަހިކަމުގެ އާންމު ސްކީމްތަކުން ފުލެޓް ނުލިބޭ ފަރާތްތައް. ބައެއް ފަހަރު އެ ފަރާތްތަކަށް އުސޫލުތަކެއް ނޭނގޭ، ރަނގަޅު މައުލޫމާތެއް ނުލިބޭ، ބޭނުންވާ އެހީތެރިކަމެއް ނުލިބޭ، ނޫނީ ބޭނުންވާ ލިޔެކިޔުންތައް ހަމައެއް ނުކުރެވޭ،” އޭނާ ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ، ވަރަށް ގިނަ ފަހަރަށް އެފަދަ މީހުންނަކީ ބާކީވެފައިވާ، ހަވާސާކޮށްފައިވާ މީހުން ކަމަށެވެ. އޭގެ ސަބަބުން، ދިރިއުޅުމުގެ ދަތިތަކާ އެއްކޮށް، ބޯހިޔާވަހިކަމުގެ ޕްރޮގްރާމަކަށް އެދި ފޯމުލުން ވެސް އޮންނަނީ ނުވާ ވަރު ކަމަކަށް ވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dr muthalib

އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ހިންގަނީ އަލަށް ގެ ގަންނަން ބޭނުންވާ ފަރާތްތަކަށް އެމަގު ފަހިކޮށްދިނުމަށް

Jumahooree maidhaan

މަރާމާތުގެ ބޮޑުބައެއް ނިންމުމަށްފަހު ވަގުތީގޮތުން ޖުމްހޫރީ މައިދާން ހުޅުވާލައިފި

990

ގިރާވަރުފަޅުން ދޫކުރި ގޯތީގެ ތެރެއިން 1،114 ގޯތި ގުޅިފަޅަށް ބަދަލުކޮށްފި

446256 b5413f5f 6

ބްރިޖުން ގުޅުވާލިޔަސް ވިލިމާލޭގައި ވިލިމާލޭގައި އިންޖީނުލީ އުޅަނދު ދުއްވުމުގެ ހުއްދައެއް ނުދޭނަން: މުއްތަލިބު