ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި

hiyaa flats

ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ކަނޑާލައިފިއެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް އާއްމުން ކޮށްފައިވާ ޚަރަދު އަނބުރާ ދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު ތަންފީޒުކުރާނެ ގޮތުގެ ތަފްސީލް ހާމަކޮށް، ހިޔާ ފްލެޓްތަކުގެ ވެރިންނަށް މިދިޔަ ހަފްތާ ވަނީ ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި ފްލެޓުގެ ފިނިޝިންއާ ގުޅިގެން ކޮންމެ ފްލެޓަކަށް ކަނޑައަޅާފައިވާ 200،000ރ ގެ ޑިސްކައުންޓު ނުދެވި އޮތް އަދަދުން، ފްލެޓުގެ ކުލީގެ ގޮތުގައި ނުދެއްކި ހުރި ފައިސާ އުނިކުރާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އެޗްޑީސީން ވިދާޅުވީ، ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ދިޔަ ހަރަދު ހަމަކުރުމަށް، ކުރިއަށްއޮތް ދެއަހަރުވެސް އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ކުލި ދައްކަން ނުޖެހޭނެކަމަށެވެ. ނަމަވެސް މެއިންޓައިނަންސްފީގެ ގޮތުގައި ކޮންމެ މަހަކުވެސް 1،000ރ ދައްކަންޖެހޭނެކަމަށް ވިދާޅުވިއެވެ.

ހިޔާ ޓަވަރުގެ ކޮންމެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3،984ރ. އެވެ. މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1،000ރ. އާ އެކު ކޮންމެ މަހަކު އެޗްޑީސީ އަށް ދައްކަން ޖެހެނީ 4،984ރ އެވެ.

ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން މިދިޔަ ޑިސެމްބަރު މަހާ ހަމައަށް އަރާފައިވާ ޖޫރިމަނާތައް ވެސް ސަރުކާރުން ވަނީ މާފުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hiyaa flats

ސޯޝަލް ހައުސިން ކުއްޔަށް ދިނުން ހުއްޓުވުމަށް ގާނޫނަށް ބަދަލު ގެންނަނީ

Igmh

ހިޔާ ފްލެޓުން ވެއްޓުނު މީހާގެ ހާލު ސީރިއަސްވެ އަދިވެސް ވެންޓިލޭޓަރުގައި

އަލިފާނުގެ ހާދިސާގައި ގެއްލުންވި އެޕާޓްމަންޓުތަކުގެ ނަރުދަމާ ހަފްތާއެއް ތެރޭ މަރާމާތުކުރަނީ

433946 3 9491cd5a13ea3bfbdf63e93b020b15e401f9162c 1140x570

ހިޔާ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 37 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި