އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީއީއޯގެ މަގާމުން ޑރ. އިބްރާހިމް ޔާސިރު އަހުމަދު ވަކިކޮށް، އެ މަގާމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހްމަދު އަދީލް ނަސީރު އައްޔަންކުރައްވައިފިއެވެ.
މިބަދަލު ގެނައިކަން ސަރުކާރުން ވަނީ އޭއީއެޗަށް ރަސްމީކޮށް އަންގާފައެވެ.
ޑރ. އަދީލަކީ ހިންގުމުގެ ދާއިރާގައި ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ. ޝަރަފުއްދީން ސްކޫލުގެ ޕްރިންސިޕަލްކަން ގިނަ އަހަރުތަކެއް ވަންދެން ފުރުއްވި އަދީލް ވަނީ ތައުލީމީ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައެވެ.
އައްޑޫ ސިޓީގެ ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ އަދީލްފަދަ ބޭފުޅަކު އެ ހޮސްޕިޓަލްގެ ހިންގުމާ ހަވާލުވެވަޑައިގަތުމުން އެ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ގެންދަވަނީ އޭނާއަށް މަރުހަބާ ދަންނަވަމުންނެވެ.
އަދީލަކީ އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ހިޔާލު