ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިލަފުށީގައި ތަރައްގީކުރާ އައު ވިޔަފާރި ބަނދަރުގެ “ޖިއޯ ޓެކްނިކަލް” ސަރވޭ ފަށައިފި

ތިލަފުށީގައި ތަރައްގީކުރާ ރާއްޖޭގެ މައި ވިޔަފާރި ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ ދަށުން “ޖިއޯ ޓެކްނިކަލް” ސަރވޭގެ މަސައްކަތްތައް ފަށާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ.

ތިލަފުށީގައި ތަރައްގީކުރާ ރާއްޖޭގެ މައި ވިޔަފާރި ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ބައިނަލްއަގުވާމީ ކުންފުންޏެއް ކަމަށްވާ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އެމްޕީއެލްއިން ވިދާޅުވީ ތިލަފުށީ ބަނދަރުގެގެ ފޭސް-1ގެ ޑިޒައިން އަދި ސަރވޭގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ “ޖިއޯ ޓެކްނިކަލް” ސަރވޭގެ މަސައްކަތްތައްކަމަށެވެ. ޖިއޯ ޓެކްނިކަލް ސަރވޭއަކީ އިމާރާތްތަކާއި ބުރިޖް، މަގު އަދި ބަނދަރު ފަދަ އިންފްރާސްޓްރަކްޗަރ މަޝްރޫއުތައް ފެށުމުގެ ކުރިން، ބިމުގެ ފަށަލަތަކުގެ ސިފައާއި، ބަރުދަން އުފުލުމުގެ ގާބިލުކަން އަދި ބިންގާ އަޅަން އެންމެ އެކަށީގެންވާ ގޮތްތައް ދެނެގަތުމަށް ކުރާ ސައިންޓިފިކް ދިރާސާއެކެވެ. މިއީ ރައްކާތެރިކަމާއެކު އިންޖިނިއަރިން މަސައްކަތްތައް ކުރުމަށް ކޮންމެހެން ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭ މަސައްކަތެކެވެ.

ސީ.އެޗް.އީ.ސީއާ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރެއިން ތިލަފުށީގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ ވޯލްގެ ފުރަތަމަ ސަރވޭތައް ވަނީ ކަނޑައެޅިފައިވާ ތާވަލަށްވުރެ އަވަހަށް ނިންމައި، ފުރިހަމަކޮށްފަކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

ތިލަފުށީގައި ތަރައްގީކުރާ ރާއްޖޭގެ މައި ވިޔަފާރި ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތުގައި މިހާރު އޮތް 5 ހެކްޓަރުގެ ޕޯޓު، 20 ހެކްޓަރަށް ބަދަލުވެގެންދާނެ ކަމަށް އެމްޕީއެލުން ވިދާޅުވެއެވެ. އަދި މި މަޝްރޫއުގެ ދަށުން 650 މީޓަރުގެ ކީ ވޯލް އަކާއި، 125 މީޓަރުގެ މަގަތު ފާލަމެއްގެ އިތުރުން އެކްސް-ރޭ ފެސިލިޓީއާއި، އޮޓޮމޭޓެޑް ވަސީލަތްތަކާއި ބޮންޑަޑް ވެއާހައުސްއެއް ގާއިމްކުރެވޭނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.

އާ ބަނދަރުގެ މަސައްކަތް ނިމުމުން، މުދާ ކްލިއަރ ކުރުމަށް މިހާރު ހޭދަވާ 5 ދުވަސް 48 ގަޑިއިރަށް ކުރުވެގެންދާނެ ކަމަށް އެމްޕީއެލް އިން ލަފާކުރެއެވެ. މިއީ ކުރިއަށް އޮތް 30 އަހަރަށް އަމާޒުކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިތަކަށް ފަސޭހަވާނެހެން ފަރުމާކުރެވޭ ބަނދަރެކެވެ. މި ބަނދަރު ތިލަފުއްޓަށް ބަދަލުވުމުން، މިހާރު ބޭނުންކުރާ މާފަންނު ބަނދަރު ސަރުކާރުގެ އެހެނިހެން ބޭނުންތަކަށް ހުސްކުރެވޭނެ ކަމަށްވެސް އެމްޕީއެލުން ވިދާޅުވެއެވެ.

މާލޭ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިލަފުށީގައި ހުސް ކޮންޓެއިނަރ ބަހައްޓާ ޖާގަ 3000 ޓީއީޔޫއަށް އިތުރުކޮށްފި

minister saeed

ލޮޖިސްޓިކްސް މައި ނެޓްވޯކްގެ ތެރެއަށް އަމިއްލަ ކުންފުނިތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ޒިޔަތު ހަމަޖައްސަވައިފި

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރަން ޙަވާލުކޮށްފި