ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނޭޕާލުގެ އައު ބޮޑުވަޒީރު ބަލެންދްރަ ޝާހަށް، ރައީސް ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޭޕާލުގެ އައު ބޮޑުވަޒީރު، ބަލެންދްރަ ޝާހަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީފުޅެއްގައި ރައީސް ވަނީ، ޤައުމުގެ އިސްލާހީ މަސައްކަތްތަކުގައި ޒުވާނުން އަދާކުރި ދަޢުރާއި، އާއްމު އިންތިޚާބުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ މިއީ ނޭޕާލްގެ ޑިމޮކްރަޓިކް ހަޔާތުގައި ފާހަގަކުރެވޭ ބަދަލަކަށް ވާނެކަމަށާއި ޤައުމުގެ ހަމަޖެހުމާއި ތަރައްޤީއަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެ ދަޢުރަކަށް ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ރާއްޖެއާއި ނޭޕާލުގެ ގުޅުމަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ ސަރަޙައްދީ ގައުމުތަކަށް ދިމާވާ އެކިއެކި ގޮންޖެހުތަކުގައި، ގުޅުންހުރި ދާއިރަކުން ރާއްޖެއާއި ނޭޕާލް ގާތުން މަސައްކަތްކުރެވޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައިވެސް ހަރުދަނާ ކުރައްވަން ބޭނުންފުޅުވާކަމަށް ވިދާޅުވިއެވެ.

ރައީސްގެ ސިޓީފުޅު ނިންމަވާލެއްވީ، ނޭޕާލްގެ ބޮޑުވަޒީރަށް ފުރިހަމަ ސިއްޙާތަކާއި އަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.

ކަޓްމަންޑޫގެ މޭޔަރުގެ މަޤާމު ކުރިން ފުރުއްވާފައިވާ އުމުރުން 35 އަހަރުގެ ޝާހަކީ ނޭޕާލުގެ ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި އެންމެ ޒުވާން ބޭފުޅާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

school

ހޫނުގަދަވުމުގެ ސަބަބުން ދަރިވަރުން އެކްޓިވިޓީ ޔުނީފޯމުގައި ސްކޫލަށް ދިއުމަށް އަންގައިފި

ވެހިކަލް ރެޖިސްޓްރޭޝަނަށް ދިމާވާ މައްސަލަ ޕާކިން ބިލްޑިންތަކާއެކު ޙައްލުވާނެ: އަމީން

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައިސޮލޭޝަން ފެސިލިޓީގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމާލޭގައި 1100 އުޅަނދުގެ ޖާގައިގެ ޕާކިން ބިލްޑިންގެ ބިންގާއަޅައިފި