ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވެހިކަލް ރެޖިސްޓްރޭޝަނަށް ދިމާވާ މައްސަލަ ޕާކިން ބިލްޑިންތަކާއެކު ޙައްލުވާނެ: އަމީން

ޕާކިން ބިލްޑިންގްތަކާއެކު، މަގުތަކަށް އަމާންކަން ލިބި އަދި ޖާގަ ނެތުމުގެ ސަބަބުން ވެހިކަލް ރެޖިސްޓަރކުރަން ދިމާވެފައިވާ މައްސަލައަށް ޙައްލެއް ލިބޭނެކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު އަމީނު ވިދާޅުވީ ހުޅުމާލޭގައި ޖުމުލަ 7 ޕާކިން ބިލްޑިންގް ތަރައްޤީކުރުމުގެ މަސައްކަތް އެކި މަރުޚަލާގައި ފަށާފައިވާކަމަށެވެ.

މިއަދު ބިންގާ އަޅާފައިވަނީ މީގެތެރެއިން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އަޅާ އެއް އިމާރާތުގެ މަސައްކަތްތުގެއެވެ. ވަޒީރު ވިދާޅުވީ ހުޅުމާލެ ފޭސް1ގައި 3 ޕާކިން އިމާރާތް އަދި ފޭސް 2 ގައި 4 ޕާކިން އިމާރާތްކުރާނެކަމަށެވެ. ބާކީ ހުރިހާ އިމާރާތްތަކުގެ މަސައްކަތްވެސް ފެށުމުގެ މަރުޚަލާގައި ވާކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.

“ޕްރައިވެޓް އަދި ޕަބްލިކް ޕާކިން ސްޕޭސް ހިމެނޭ. 4 ފުރޮޅުލީ އުޅަނދަށް 2600 ޖާގަ އަދި 1000އަށްވުރެ ގިނަ ސައިކަލު ޕާކު ކުރެވޭނެ ޖާގަ ހިމެނޭ.” ވަޒީރު

މި އިމާރާތުގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އުޅަނދު ޕާކުރުމަށް ޚާއްސަ ޖާގަ ހިމެނެއެވެ.
ހުޅުމާލޭގައި ބިންގާއެޅި އިމާރާތަކީ 13 ފަންގިފިލާގެ އިމާރާތެކެވެ.

ވަޒީރު ވިދާޅުވީ މިއީ އެންމެ ޒަމާނީ ޕާކިން ނިޒާމެއްކަމަށާއި، މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނާއި ދުއްވާ މީހުންނަށްވެސް މީގެ ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށެވެ. މިއީ މަގުތަކުގެ އަމާންކަން ކަށަވަރުކުރުމަށްވެސް ކުރެވޭ ބޮޑު މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

މާލެ ސަރަޙައްދުގައި ހަތް ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ފެށުމަަށް ސަރުކާރުން ތައްޔާރުވެއްޖެ

އިލެކްޓްރިކް ކާރުތަކުގައި ފެހިކުލައިގެ ނަންބަރު ބޯޑު ހަރުކުރަނީ

minister ameen

ޖޫންގެ ކުރީން ހުރިހާ އަތޮޅަކަށް އާރުޓީއެލް ފެރީގެ ޚިދުމަތް ފެށޭނެ: އަމީން

87

ލޯކަލް ޓޫރިޒަމް ކުރިއަރުވަން ސީޕްލޭންގެ ޚިދުމަތް މުހިންމު: އަމީން