ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަލިފާންރޯކޮށްލި ކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދަށް އިތުރު 30 ދުވަސް

66

ގ. ހިޔާ ރޯދީގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ، އިތުރު 30 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފަޅަށް އޮތް ގ. ހިޔާ ރޯދީގައި މިދިޔަ ހަފުތާގައި އަލިފާން ރޯކޮށްލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ، ލ. މާބައިދޫ، ސަބުނަމްހައުސް، ހުސައިން ޝަހްބާން، 29އ، އެވެ. އެގޭގައި ރޯވުމުގެ ކުޑައިރުކޮޅެއް ކުރިން, އެ ގެއަށް އޭނާ ވަންނަ މަންޒަރު ސީސީޓީވީ ފްޓޭޖުން ފެނެއެވެ. އެގެއަށް ވަނުމަށްފަހު ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެގެއިން އޭނާ ނުކުމެއެވެ. އެއަށްފަހު ކުއްލިއަކަށް އަލިފާން ރޯވާ މަންޒަރު ފެނެއެވެ.

އެ މީހާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ފުރަތަމަ ޖެހީ ފަސް ދުވަހެވެ. އެ މުއްދަތު ހަމަ ވެގެން، އިއްޔެ އަލުން ކޯޓަށް ހާޒިރު ކުރުމުން ބަންދު މުއްދަތު 30 ދުވަހަށް ވަނީ އިތުރުކޮށްފައެވެ.

އެ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Q

މޯޗަރީ ކައިރީ ހުރި ގެއެއްގައި އަލިފާން ރޯކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

Iu

ގުދަނުގައި ރޭ އަލިފާން ރޯވި މައްސަލައިގެ ޚާއްސަ ތަހުގީގެއް ފަށައިފި

WhatsApp Image 2026 03 18 at 11.18.02

ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ވަރަށް ބޮޑަށް ރޯވެ އަނދަނީ

Oo

ހުޅުމާލޭގެ ގެއެއްގައި ރޯވެ ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިކަން