ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާބާދީ މަދު ރަށްރަށުގެ ސިއްހީ ޚިދުމަތް ވެސް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން: ނާޒިމް

Mussss

އާބާދީ މަދު ރަށްރަށުގެ ސިއްހީ ޚިދުމަތް ވެސް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހއ. ތުރާކުނު ސިއްހީ މަރުކަޒަށް އިތުރުކުރި ބައި ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މިއީ ތަނުގެ މުވައްޒަފުންގެ މަސައްކަތްތަކަށް ލިބޭ ލުއިފަސޭހަ ކަމެއް ކަމަށެވެ. އަދި މުވައްޒަފުންގެ މަސައްކަތްތައް ފަސޭހަވުމަކީ ރައްޔިތުންނަށް ދެވޭ ހިދުމަތް ރަނގަޅުވާނެ ކަމެއްކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

“އެންމެ ބޮޑަށް ހިދުމަތްތަކަށް ބޭނުންވާ ކުދި އާބާދީތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ އިސްކަން. ރާއްޖޭގައި ލާމަރުކަޒީ އުސޫލުން ހިދުމަތް ދެއްވުމަށް މިއަށްވުރެ އިސްކަން ދެއްވި ވެރިއެއް ނުފެންނާނެ. ރައްޔިތުންގެ ވަރަށް ގިނަ އަސާސީކަން ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ބައެއް މި ހެލްތުގެ ހިދުމަތްވެސް ކައިރިން ދިނުމަކީ” ނާޒިމް ވިދާޅުވިއެވެ.

ތުރާކުނު ސިއްހީ މަރުކަޒައަށް އަލަށް އިތުރުކުރި ބަޔާއެކު 8 ގަޑިއިރަށް އެ ސިއްހީ މަރުކަޒުން ޚިދުމަތްދޭނެއެވެ. އެތަނުގައި 6 އެނދުގެ ވޯޑެއް ހިމެނެއެވެ. އަދި މިތަނުގައި ލެބޯޓަރީގެ ހިދުމަތްވެސް ގާއިމުކޮށްފައިވާއިރު އަލަށް އިތުރުކުރެވުނު ބައިގައި އޮފީސްބަޔަކާ، ޕަބްލިކް ހެލްތު ރޫމެއްގެ އިތުރުން ސްޓޯރޫމަކާ، އަދި މީޓިން ރޫމެއް ވެސް ވަނީ ގާއިމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގައުމަށް ހިދުމަތް ކުރުމުގެ ވިސްނުމެއް އިދިކޮޅު ފަރާތްތަކުން ނުގެންގުޅޭ: ނާޒިމް

Mussss

ސަރުކާރުގެ ބޭސް ކުންފުނިން ބޭސް އެތެރެކޮށް ރަށްރަށް ފޮނުވަން ފަށައިފި

WhatsApp Image 2026 03 05 at 13.42.57

ރާއްޖޭގައި ޝީޝާ މަނާކުރަން ދަނީ މަޝްވަރާކުރަމުން: ނާޒިމް

Ii

ދ. އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފި