ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަނގުރާމައާ ގުޅޭ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް މީޑިއާ ކޮމިޝަނުން އިލްތިމާސްކޮށްފި

Media commission

ދުނިޔޭގެ މަސްރަހުގައި ހަނގުރާމައެއްގެ ބިރުވެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ޚަބަރާއި މައުލޫމާތު ފެތުރުމުގައި ޒިންމާދާރުވުމަށާއި ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު އިލްތިމާސްކޮށްފިއެވެ.

މީޑިއާ ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މީޑިއާތަކުން އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ގާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން) ގެ 38 ވަނަ މާއްދާގެ ދަށުން އެކުލަވައިލާފައިވާ ނޫސްވެރިންގެ ސުލޫކީ މިންގަނޑަށް ފުރިހަމައަށް ބޯލެނބުމަށް އެދޭ ކަމަށެވެ.

ކޮމިޝަނުން ވަނީ މިފަދަ ހައްސާސީ ދަނޑިވަޅެއްގައި ސުލޫކީ މިންގަނޑުގެ ބައެއް މާއްދާތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ނޫސްވެރިންނަށް ހަނދާންކޮށްދީފައެވެ. އޭގެ ތެރޭގައި ގައުމީ ސަލާމަތާއި ރައްކައުތެރިކަން ދެމެހެއްޓުމާއި، ފެކްޗުއަލް ޕްރޮގްރާމުތަކުގައި މައުލޫމާތު ހިމެނުމުގައި އޭގެ އަސްލު މަފްހޫމު ނުގެއްލޭ ގޮތަށް ގެނެސްދިނުން ހިމެނެއެވެ.

މީގެ އިތުރުން، ނަފްރަތު އުފެއްދުމުގެ ބޭނުމުގައި އަސްލާ އެއްގޮތް ނޫން، މެނިޕިއުލޭޓް ކޮށްފައިވާ ނުވަތަ ފެބްރިކޭޓް ކޮށްފައިވާ ފޮޓޯ، އޯޑިއޯ އަދި ވީޑިއޯ ބޭނުން ނުކުރުމަށްވެސް ކޮމިޝަނުން ވަނީ އަންގާފައެވެ. މިއީ ސުލޫކީ މިންގަނޑުގެ 14 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުހިންމު ނުކުތާއެއްކަން އެ ކޮމިޝަނުން ފާހަގަކުރެއެވެ.

މީޑިއާތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން ކޮމިޝަނުން އިތުރަށް ބުނީ، ދުނިޔެ މިހާރު ކަޑައްތު ކުރަމުންދާ ބިރުވެރި ދުވަސްތަކުގައި ދިވެހި އެންމެހައި ނޫސްވެރިން އެފަރާތްތަކުގެ ފަރުދީ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރަންޖެހޭ ކަމަށެވެ. އަދި ކޮންމެ މައުލޫމާތެއްވެސް ރައްޔިތުންނާ ހަމައަށް ގެނެސްދޭންވާނީ އޭގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ޒިންމާދާރުކަމާއެކު ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

media

ޝަރުތުހަމަވާ 41 މީޑިއާގެ ތެރެއިން 39 މީޑިއާއަކަށް ފައިސާ ދޫކުރަން ފޮނުވައިފި

media

ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީއަށް ޝަރުތު ހަމަވީ 41 މީޑިއާ

މީޑިއާ ކޮމިޝަންގެ އެސްޖީ އަކަށް ޕީސީބީގެ ކުރީގެ ރައީސް ހަމްދީ

މީޑިއާ ކޮމިޝަންގެ ރައީސްކަމަށް ފަރުޞަތު އައްޔަންކުރަން ފާސްކޮށްފި