ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްގެންދަން މަގުފަހިކޮށްދޭން ޖެހޭ: އިހްސާން

minister ihsaan

ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްގެންދަން މަގުފަހިކޮށްދޭން ޖެހޭ ކަމަށާއި އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ އަބަދު ވެސް އިންތިހާބުތަކަށް ޖެހިލުންވާ ޕާޓީއެއް ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ސަރުކާރު ހިންގާ ޕީއެންސީން ކުރިއަށް ގެންދިޔަ “ދޮރުން ދޮރަށް” ހަރަކާތުގެ ތެރެއިން “އެމްއެމް ޓީވީ” އަށް ދެއްވި އިންޓަވިޔުއެއްގައި މިނިސްޓަރު ވިދާޅުވީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓާ އެމްޑީޕީން ދެކޮޅު ހަދަނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.

އެގޮތުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ނަޝީދުވެސް ތާއިދުކުރެއްވި ކަމަށާއި ނަމަވެސް އެ ބޭފުޅުން ވެރިކަމުގައި މިއަދު ނެތުމުން ސިޔާސީ ބޭނުމަކަށް އެކަމާ ދެކޮޅުވަނީ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ހައްގުތައް ގެއްލޭ ކަމަށް އެމްޑީޕީން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. އަދި އެކަން އެ ޕާޓީން ކުރަނީ އިންތިހާބުތަކަށް ޖެހިލުންވާތީ ކަމަށް ވިދާޅުވިއެވެ.

“އެމްޑީޕީއަކީ އަބަދުވެސް އިންތިހާބުތަކަށް ޖެހިލުންވާ ބައެއް. އިންތިހާބުތަކުން ނާކާމިޔާބުވާތީހެން އަޅުގަނޑަށް ހީވަނީ،” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ދައުލަތުގެ ބަޖެޓުން ބޮޑު އަދަދެއް ސަލާމަތްވާ ކަމަށާއި އޭގެ އިތުރަށް ރާއްޖޭގައި ސިޔާސީ ހަމަޖެހުން ގާއިމް ކުރުމަށް މަގުފަހިވާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުން ހޮވަން ޖެހޭ ކަމަށާއި ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްގެންދަން މަގުފަހިކޮށްދޭން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ރައީސް މުއިއްޒު ގަލޮޅު އުތުރު ދާއިރާގެ ގެތަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވާލައްވައިފި

ގައުމަށް ހިދުމަތް ކުރުމުގެ ވިސްނުމެއް އިދިކޮޅު ފަރާތްތަކުން ނުގެންގުޅޭ: ނާޒިމް

B 202603160538441773664724.7974

އިބްރާހިމް އަބޫބަކުރުގެ ތާއީދު ޕީއެންސީ ކެންޑިޑޭޓް އަރީޝަށް

raees muiz

މަޝްރޫޢުތައް ފުރިހަމަކުރުމަށްޓަކައި އެއްބާރުލުން ދޭނެ ކެންޑިޑޭޓުން އިންތިޚާބުކޮށްދެއްވަވާ: ރައީސް