ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް މުއިއްޒު ގަލޮޅު އުތުރު ދާއިރާގެ ގެތަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވާލައްވައިފި

Oo

ރައީސް ޑރ. މުހައްމަދު މުއިއްޒު ގަލޮޅު އުތުރު ދާއިރާގެ ގެތަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވާލައްވައިފިއެވެ.

ރައީސްގެ އަރިހުގައި ޕީއެންސީގެ އިސް ބޭފުޅުންނާއި މާލޭގެ މޭޔަރު ކަމަށް ޕީއެންސީން ވާދަކުރައްވާ މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލާއި ގަޮލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ކަމަށް ޕީއެންސީން ވާދަކުރައްވާ މަރިޔަމް ރީހާން ނާޒިމް ވެސް ބައިވެރިވެވަޑައިގަތެވެ.

ގެތަކަށް ކުރެއްވި ޒިޔާރަތުގައި ވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އެކަންކަމަށް ސަރުކާރުން ހައްލު ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ވެސް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ ސަރުކާރުން ދީފައިވާ ގޯތިތައް އޭގެ ހައްގުވެރީންނާ ހަވާލުކުރުމުގެ އިތުރުން އިތުރު ފަރާތްތަކަށް ގޯތި ދިނުމުގެ މަސައްކަތް ވެސް މި ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ވެރިކަމަށް ވަޑައިގަތުމާއެކު މަދު އަހަރުތަކެއްގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ވަޑައިގަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޓެކްސީ ލައިނަށް ބޭނުންވާ ޕާޓްޓައިމް ޑްރައިވަރުންގެ ޕޫލްގައި ރަޖިސްޓްރީވާން ސަރުކާރުން ހުޅުވާލައިފި

WhatsApp Image 2026 03 23 at 10.30.45

ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަކުރަނީ

448631 89f68b0e c

މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅަނީ

ގައުމަށް ހިދުމަތް ކުރުމުގެ ވިސްނުމެއް އިދިކޮޅު ފަރާތްތަކުން ނުގެންގުޅޭ: ނާޒިމް