ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނިސްބަތުން ޓީބީ މަދު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ލިބޭ ފަހުރެއް: ރައީސް

muiz

ބަލީގެ ނިސްބަތުން ޓިއުބަރކިއުލޯސިސް ނުވަތަ ޓީބީ މަދު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ލިބޭ ފަހުރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދުނިޔޭގެ ޓީބީ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.

ދުނިޔޭގެ ޓީބީ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ޓީބީއަކީ ރައްކާތެރިވެވޭ އަދި ފަރުވާކޮށްގެން ފަސޭހަވާ ބައްޔެއް ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިޔަން ބަޔަކަށް މިބަލީގެ ނުރައްކާ އަދިވެސް ކުރިމަތިވަމުންދާކަމަށް ވިދާޅުވެފަ އެވެ.

މި ބަލި ނައްތާލުމަށްޓަކައި ހަރުދަނާ ސިއްހީ ނިޒާމެއްގެ މުހިންމުކަމާއި، ބަލި ކުރިއާލާ ދެނެގަތުމުގެ އިތުރުން މުޖުތަމައުގެ ފުރިހަމަ ބައިވެރިވުން ބޭނުންވާކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.

ޓީބީ ބަލީގެ ނިސްބަތް މަދު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ފަހުރުވެރިވާ ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބަލި ދެނެގަތުމުގެ ނިޒާމު އިތުރަށް ވަރުގަދަކުރުމާއި، ބަލި ދެނެގަންނަ ޓެސްޓުތަކާއި ފަރުވާ ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމުގެ އިތުރުން، ބަލީގެ ނުރައްކާ އޮތް ފަރާތްތަކަށް ބޭނުންވާ ފަރުވާއާއި އަޅާލުން ކަށަވަރުކޮށްދިނުމުގައި ރާއްޖެއިން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން ކަމަށެވެ.

އެމަނިކުފާނުގެ ޕޯސްޓު ނިންމަވާލެއްވީ ބަލިން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމަށްޓަކައި ސިއްހީ ހިދުމަތްތެރިންނާއި މުޖުތަމައާ ގުޅިގެން އާންމު ސިއްހަތު ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމުގެ އަޒުމް ކަނޑައަޅަންޖެހޭކަމަށް ވިދާޅުވަމުން ނެވެ.

ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 24 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ޓީބީ ދުވަހުގެ ގޮތުގަ އެވެ. ޓީބީ ނުވަތަ ދިވެހިންގެ ތެރޭގައި ކިޔާ ގޮތުންނަމަ ކެއްސުން ބައްޔަކީ މައިކްރޯބެކްޓީރިއަލް ޓިއުބަކިއުލޯސިސް ކިޔާ ޖަރާސީމަކުން ފެތުރޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. ކޮންމެ އުމުރެއްގެ މީހަކަށް ވެސް ޖެހިދާނެ ޓީބީ ބަލި އާންމުކޮށް ޖެހެނީ ފުއްމާމެޔަށެވެ. ނަމަވެސް ގޮހޮރު، މައިބަދަ، ކަށި ފަދަ ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ޓީބީ ޖެހިދާނެ އެވެ.

ދެހާސްތިރީސް ވަނަ އަހަރާ ހަމައަށްދާއިރު، ޓީބީ މަދުކުރެވިފައިވާ ގައުމަކަށް ހެދުމަށް ރާއްޖޭން ވަނީ މަސައްކަތް ފަށާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Shukoor

ޢަބްދުއްޝަކޫރު އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

muiz

ސަރުކާރަަށް ގޯތި ދޫކޮށްލުމުގެ ބަދަލުގައި އާއިލާ މެންބަރުންނަށް ގޯތި ދިނުމުގެ ފުރުސަތު ދިނުމަށް ނިންމަވައިފި

muiz

ރޭވި ގޮތަށް ސުކޫކު އަދާކުރެވޭނެ: ރައީސް

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި