ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޢަބްދުއްޝަކޫރު އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

Shukoor

ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ރިޓަޔަޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ އަވަހާރަވުމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ މަރުޙޫމްގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި، ދިވެހި ފުލުހުންނާއި ސިފައިންގެ ޚިދުމަތުގައި 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި މަސައްކަތްތަކެއް ކުރައްވައި، އިސް މަޤާމުތަކެއް ފުރުއްވާފައިވާ ޝަކޫރު އަވަހާރަވި ޚަބަރު އެމަނިކުފާނު އެއްސެވީ ނުހަނު ފުން ހިތާމައާއެކުގައެވެ. އަދި މަރުޙޫމަކީ މުޅި ޙަޔާތްޕުޅުގައިވެސް ޤައުމީ މަސްލަޙަތު އިސްކުރެއްވި އިޚްލާޞްތެރިއެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ނޮވެމްބަރު 3 ގެ އުދުވާނީ ޙަމަލާއިން ޤައުމު ދިފާޢުކުރުމަށް ހިތްވަރާއެކު ޖިހާދުކުރެއްވި ސިފައިންގެ ލަޝްކަރުގައި ހިމެނިވަޑައިގަތުމުގެ އިތުރުން، ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ރަނގަޅުކުރެއްވުމަށާއި މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރެއްވުމަށް ޝަކޫރު ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވާފައެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި، މަރުޙޫމްގެ އާއިލާއަށާއި ދިވެހި ސިފައިންނާއި ފުލުހުންނަށް ތައުޒިޔާ ރައްދުކުރައްވައި، މާތްﷲގެ ތަނަވަސް ރަޙުމަތާއި ސުވަރުގޭގެ ދާއިމީ ނިޢުމަތް މަރުޙޫމް ޢަބްދުއްޝަކޫރަށް މިންވަރުކުރެއްވުން އެދި ރައީސް ވަނީ ހެޔޮ ދުޢާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Shukoor

ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ ޢަބްދުއްޝަކޫރު ނިޔާވެއްޖެ

muiz

ސަރުކާރަަށް ގޯތި ދޫކޮށްލުމުގެ ބަދަލުގައި އާއިލާ މެންބަރުންނަށް ގޯތި ދިނުމުގެ ފުރުސަތު ދިނުމަށް ނިންމަވައިފި

muiz

ރޭވި ގޮތަށް ސުކޫކު އަދާކުރެވޭނެ: ރައީސް

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި