ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާ ޝިޕްމަންޓެއް ލިބި، ގޭސް ލިބުމުގައި ދިމާވި ދަތިތައް ހައްލުވެއްޖެ: އެސްޓީއޯ

Oo

ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އާ ޝިޕްމަންޓް ލިބި، ގޭސް ލިބުމުގައި ދިމާވި ދަތިތައް އެއްކޮށް ހައްލުކޮށްފައިވާ އެސްޓީއޯ އިން ބުނެފިއެވެ.

އެސްޓީއޯގެ މީޑިއާ ކޯޑިނޭޓަރު ޝިފްލާ އިބްރާހީމް ވިދާޅުވީ އާ ޝިޕްމަންޓާއެކު މޯލްޑިވް ގޭސް މެދުވެރިކޮށް މިހާރު އާންމުކޮށް 10 ކިލޯގެ ގޭސް ފުޅި އެއްވެސް ދަތިކަމެއް ނެތި ލިބެން ހުންނާނެ ކަމަށެވެ.

ރާއްޖެއަށް ބޭނުންވާ ވަރަށް މިހާރު ގޭހުގެ ސްޓޮކް އެބަހުރި ކަމަށް އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވް ގޭސް އިން ބުންޏެވެ. އަދި ގޭސް ފޯރުކޮށްދިނުމުގެ މަސައްކަތް އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ގޭސް ލިބުމުގައި ރާއްޖެއަށް ވެސް މިދިޔަ މަހު ދަތިތަކެއް ކުރިމަތިވިއެވެ. ނަމަވެސް މިހާރު މިވަނީ އެކަމަށް ދާއިމީ ހައްލު ގެނެވިފައެވެ.

ހަނގުރާމައިގެ އަސަރު ވީހާވެސް ކުޑަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވަޒީރުންގެ ހާއްސަ ކޮމިޓީއެއް ވެސް އެކުލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Iu

އާންމު ދަތުރުފަތުރަށް ވިއްކާ ތެލުގެ އަގު އެސްޓީއޯ އިން ހެޔޮކޮށްފި

STO

ތެޔޮ ލިބުމުގެ ދަތިކަމެއް މިވަގުތު ނެތް : އެސްޓީއޯ

STO

އެސްޓީއޯގެ ބޯޑަށް އާންމުންގެ ފަރާތުން ކުރިމަތިލައްވާ ދެ ބޭފުޅުންގެ މައުލޫމާތު އާންމުކޮށްފި

ތެލާއި ގޭސް މެދުނުކެނޑި ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފި