ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރަކީ 1655

taxi

ސަރުކާރުން ފެށުމަށް ނިންމާފައިވާ ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރުގެ ގޮތުގައި 1655 ހަމަޖައްސައިފިއެވެ.

ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރު އާއްމުކުރީ، މާލެ ޓެކްސީ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ އެމްޓިސީސީއިންނެވެ.

އެ ކުންފުނިން މިއަދު އާއްމުކުރި ޕޯސްޓުގައި ބުނީ، އަލަށް ތައާރަފްކުރާ ޓެކްސީ ޚިދުމަތުގެ ހޮޓްލައިން ނަންބަރުގެ ޚިދުމަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން މިހާރު އަންނަނީ ޓެކްސީތައް މާލެ ގެނައުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން މާރިޗު 4 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، ދެ ބެޗަކަށް ބަހާލައިގެން ތިން މޮޑެލްއެއްގެ ކާރު ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފުރަތަމަ ބެޗް ތައިލެންޑުން ގެންނަން ނިންމިއިރު ދެވަނަ ބެޗްގެ ކާރުތައް ގެންނާނީ ޗައިނާއިންނެވެ.

ޓެކްސީ ލައިން ފަށަން ޑްރައިވަރުން ހޯދުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކޮށްފައިވެއެވެ. އަދިވެސް އިތުރަށް ޑްރައިވަރުން ބޭނުންވާތީ އިތުރު ވޯކް-އިން އިންޓަވިއުތައް ބާއްވަން ވަނީ ނިންމައިފައެވެ. ޓެކްސީ ލައިނަށް ހޯދަނީ ފުލްޓައިމް ޑްރައިވަރުންނާއި ޕާޓްޓައިމް ޑްރައިވަރުންނެވެ.

މާލެއިން ޓެކްސީ ނުލިބުމުގެ ކަންބޮޑުވުން އާއްމު ރައްޔިތުން އަބަދުވެސް އަންނަނީ ފާހަގަކުރަމުންނެވެ. ފުރަތަމަ ފިޔަވަހީގައި ޓެކްސީ ލައިންގެ ޚިދުމަތް ދޭނީ މާލެ ސަރަޙައްދުގައެވެ. އެއީ މާލެ ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓެކްސީލައިންއަށް ޑްރައިވަރުން ހޯދަން މާދަމާ ވޯކް-އިން-އިންޓަރވިއުއެއް ކުރިއަށްގެންދަނީ

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހަދަން ފަށާތީ ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

Oo

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިމޭނެ: އެމްޓީސީސީ

ހޯރަފުށީ ބިން ހިއްކައި، ގޮނޑުދޮށް ހިމާޔަތްކޮށް މަގުހެދުން އެމްޓީސީސީ އާއި ހަވާލުކޮށްފި