ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގައި ކާބޯތަކެތި އުފައްދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދެނީ

448631 89f68b0e c

ރާއްޖޭގައި ކާބޯތަކެތި އުފައްދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދުމަށް ފުޑް ސެކިއުރިޓީ ޕޮލިސީ އިތުރަށް ފުޅާކުރުމަށްޓަކައި ވެސް މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށާއި ރާއްޖޭގައި މިހާތަނަށް ފުޑް ސެކިއުރިޓީއަކީ އެހާ ބޮޑު ސަމާލުކަން ދެވިފައި އޮތް ކަމަކަށް ނުވާތީ އެކަމަށް ހާއްސަ އުސޫލުތަކެއް ގެންގުޅޭ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދުމަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

“އެގްރިކަލްޗާ އިންޑަސްޓްރީގައި ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދުމަށް އިންވެސްޓްކުރަން ބޭނުންވާ ޕްރައިވެޓް ސެކްޓާގެ ފަރާތްތަކަށް ހާއްސަ އިންސެންޓިވްތަކެއް ދިނުމުގެ ވިސްނުން އަޅުގަނޑުމެންގެ ތެރޭގައި މިހާރު މިއޮތީ. އޭގެ ތެރޭގައި ހިލޭ ބިން ޕްރޮވައިޑްކޮށްދިނުން، ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފައްދަން ބޭނުންވާ ފަރާތްތައް، އެ ދާއިރާއަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް ހިލޭ ބިން ޕްރޮވައިޑްކޮށްދިނުން،” އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދުމަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް ދޭ ލުއިތަކުގެ ތެރޭގައި ދައުލަތަށް ދައްކަންޖެހޭ ޓެކްސްތަކުގައި ހާއްސަ ލުއިތަކެއް ދިނުން ވެސް ހިމެނޭނެ ކަމަށެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކާބޯތަކެތީގެ ދަތި ކަމެއް ނެތް ކަމަށާއި އަގުވެސް މައްޗަށް ނުދާނެ ކަމަށެވެ. އަދި ރާއްޖޭގައި ހަނޑޫ، ހަކުރު، ފުށް އެއްވެސް ކަހަލަ ދަތިކަމެއް ނެތި ރާއްޖޭގައި ކުރިން ވެސް ހުރި އަދަދަށް އަބަދުވެސް ގެނެވި، ސްޓޮކް މެއިންޓެއިން ކުރަމުން އަންނަ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޖަރުމަނުވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ރައީސް ޒިޔާރަތްކުރައްވައިފި

ރާއްޖެ-ޖަރުމަން ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން

Main 20251125 171638

ފޭސް 3 މަސައްކަތް އަވަސްކުރުމަށް އިތުރު ބިޔަ ޑްރެޖަރެއް ރާއްޖެ ގެނެސްފި

މުޅިރާއްޖޭގައި ތަރައްގީގެ 1،875 މަޝްރޫޢު އެބަހިނގާ: ރައީސް