ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅަނީ

448631 89f68b0e c

މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ހާއްސަ ބިލެއް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ މަރުގެ އަދަބު ދިނުމުގައި އަމަލުކުރާނެ ގޮތްތައް އުސޫލެއްގައި ލިޔެފައި ބޭއްވުމަކީ އެންމެ ރަނގަޅުގޮތެއް ނޫން ކަމަށެވެ.

އެހެންކަމުން އެކަމަށްޓަކައި ޚާއްސަ ގާނޫނެއް ވުޖޫދުކުރުމަށްޓަކައި އެކަމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން ކުރަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ ޝަރުއީ ކޯޓަކުން މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވުމުން އެ ހުކުމް ތަންފީޒުނުކޮށް ބޭއްވުމަކީ ދައުލަތުގެ އެންމެ މަތީވެރިޔާއަށް އޮތް ޗޮއިސްއެއް ނޫން ކަމަށެވެ. އަދި އެ ގާނޫނު ވުޖޫދުވުމާއެކު މަރުގެ ހުކުމް އިއްވާފައިވާ މައްސަލަތަކުގައި ޝަރުއީ ހުރިހާ މަރުހަލާތަކެއް ނިމިފައިވާ ފަރާތްތަކަށް އެ ހުކުމް ތަންފީޒުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ދާދިފަހުން މަޖިލީހުން ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާހުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

457285 dee4c33b c

ޗައިނާ ކުންފުނީގެ ސައިޓަށް ވަޑައިގެން އެފޯޑަބަލް ހައުސިން މަޝްރޫއު ފެށުމަށް ވެފައިވާ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި

DSC

މުޖްތަމަޢުގައި ޑައުން ސިންޑްރޯމްގެ ހުންނަ ފަރާތްކަށް ހެޔޮކޮށް ހިތުމަކީ އިންސާނަކަށްވީތީ އުފުލަންޖެހޭ މަސްއޫލިއްޔަތެއް: ރައީސް

Oo

ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތައް ޖޫން މަހު ހަވާލުކުރަން ފަށާނެ: ރައީސް

456388 868bab6b a

ސަލްޓަން ޕާކް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި