ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން، ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް 500،000 ރުފިޔާ، އިސްރާ އެސޯސިއޭޝަނާ ހަވާލުކޮށްފި އެވެ.
ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނު ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ރާއްޖޭގައި ބޮލަކަށް 6،000 ރުފިޔާގެ މަގުން ޒަކާތްވަނީ ބަހައިފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ދަތި ހާލުގައި އުޅޭ ފަރާތްތަކަށް އެހީވުމަށް ސޯޝަލް މިނިސްޓްރީގެ އިޖުތިމާއީ ޓްރަސްޓް ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 423,749 ރުފިޔާ ރޭ ސޯޝަލް މިނިސްޓްރީއާވެސް ހަވާލުކޮށްފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މިއީ މިހާތަނަށް ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބި، ބޮލަކަށް އެންމެ ގިނައިން ފައިސާ ބެހި އަހަރެވެ.
ކިޔުންތެރިންގެ ހިޔާލު