ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުސްލިމުންގެ ޢީދު ޒީނަތްތެރިކުރަންވީ ތަކުބީރުގެ މަތިވެރި ކަލިމަތަކުން: ޚުޠުބާ

hukuru khuthuba

1447 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހުގެ ޚުޠުބާގައި، މިއަދަކީ މާތް الله ދެއްވި ހިދާޔަތަށްޓަކައި އެކަލާނގެއަށް ޝުކުރުކޮށް، ތަކުބީރުގެ އަޑު އުފުލައި އުފާފާޅުކުރަންވީ ދުވަސްކަން ބަޔާންކޮށްފިއެވެ. މުސްލިމުންގެ ޢީދު ޒީނަތްތެރިކުރަންވީ ތަކުބީރުގެ މަތިވެރި ކަލިމަތަކުންކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

މާތް الله އަޅަމެންނަށް ދެއްވާފައިވާ އެންމެ މަތިވެރި ނިޢުމަތަކީ އިސްލާމްދީންކަން ފާހަގަކުރައްވައި، އެ ދީންމަތީގައި ސާބިތުވެ ތިބުމަށް ހުރިހާ މުސްލިމުންނަށް ޚުޠުބާގައި ވަނީ ވަޞިއްޔަތްކޮށްފައެވެ. ރޯދައިގެ އަޅުކަން އަދާކުރުމުގެ ތައުފީޤު ދެއްވިކަމަށްޓަކައި ގިނަގިނައިން ތަކުބީރު ކިޔައި، އެކަލާނގެ ހަނދުމަކުރުމަށް އިރުޝާދު ދީފައިވެއެވެ.

މުސްލިމުންގެ ޢީދަކީ އެއްބައިވަންތަކަމާއި، ކުޑަކުދިންނާއި ބޮޑެތިމީހުން އަދި އަންހެނުންނާއި ފިރިހެނުންގެ މެދުގައިވާ ގުޅުން ރަމްޒުކޮށްދޭ ދުވަހެއްކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ. މީގެ އިތުރުން، ފަޤީރުންނާއި މުއްސަނދިންގެ މެދުގައި އޮންނަންޖެހޭ ރަޙުމަތްތެރިކަމާއި އޯގާތެރިކަން އިސްކުރުމަށް ވަނީ ގޮވާލާފައެވެ.

ޙަސަދަވެރިކަމާއި ބައިބައިވުމުން ދުރުހެލިވެ، އެކަކު އަނެކާގެ ޙައްޤުތައް އަދާކުރުމަށް ޚުޠުބާގައި ބާރުއަޅާފައިވެއެވެ. އެންމެ ފުރަތަމަ މާތް اللهގެ ޙައްޤުތައް އަދާކުރުމަށާއި، އެއަށްފަހު މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ރަޙިމުގެ ގުޅުން ކެނޑިފައިވާ މީހާވެސް، އެ ގުޅުން އިސްވެ ގުޅުވުމަކީ މަތިވެރި ސިފައެއްކަން ކީރިތި ރަސޫލާގެ ޙަދީޘްފުޅުން ހަނދާންކޮށްދީފައިވެއެވެ.

ޚުޠުބާ ނިންމާލަމުން، ޢީދު ދުވަހަކީ އުފާވެރިކަން ފާޅުކުރަންވީ ދުވަހެއްކަމާއި، މުސްލިމް އަޚުންނާއި އުޚުތުންގެ މޫނުމަތިން އެ އުފާވެރިކަން ފެންނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޒަކާތުން ލިބުނު ފައިސާއިން ބައި މިލިއަން ރުފިޔާ ފަލަސްތީނަށް ހަދިޔާކޮށްފި

civil service office

ސަރުކާރުގެ އޮފީސްތައް ހޯމަ ދުވަހު ހުޅުވޭނެ

456388 868bab6b a

ސަލްޓަން ޕާކް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

417829 ba65c4da c

އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރައީސް ފިޠުރު ޢީދުގެ ތަހުނިޔާ ފޮނުއްވައިފި