ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ ކެންޑިޑޭޓް ސިބާއަށް އަނިޔާއެއް ނުކުރޭ، ފުލުހުން ހަގީގަތް ހާމަކޮށްފި

Mussss

ހުޅުމާލެ ފޭސް 2 ގައި އިއްޔެ ހުޅުމާލެ އުތުރު ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އެމްޑީޕީގެ ޓިކެޓް ވާދަކުރައްވާ ފާތިމަތު ސިބާއަށް ބަޔަކު ގަސްތުގައި އަނިޔާކުރި ކަމަށް ދެކެވުނު ވާހަކަތައް ދޮގުކޮށް އެކަމުގެ ހަގީގަތް ފުލުހުން ހާމަކޮށްދީފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ސިބާއަށް އަނިޔާވީ އިއްޔެ ހުޅުމާލެ ފޭސް ދޭއްގައި ހިނގި އެކްސިޑެންޓެއްގައި ކަމަށެވެ.

މި އެކްސިޑެންޓް ހިނގި ސަރަހައްދުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިއީ އިއްޔެ ހަވީރު 17:25 އެހައިކަންހާއިރު ދެ ސައިކަލު ޖެހިގެން ހިނގާފައިވާ އެކްސިޑެންޓެއް ކަމަށެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ފަދައިން، މިއީ ވަކި މަގުސަދެއް އޮވެގެން ގަސްދުގައި މީހަކަށް ދިން ހަމަލާއެއް ކަމަށް ނުބެލެވޭ ކަަމަށް ވެސް ފުލުހުން ބުންޏެވެ.

“އަދި މިއީ އެކްސިޑެންޓްވުމަށްފަހު ފިލައިގެން ދިޔަ ހާދިސާއެއް ނޫންކަންވެސް ފާހަގަކުރަމެވެ،” ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ، ހުޅުމާލެ ފޭސް 2، ހިތިގަސްމަގުން ދުއްވާފައިދިޔަ ސައިކަލެއް ފޭރުގަސްމަގު 2 ނަންބަރު ގޯޅި އަށް އަޅަން އުޅުނު ވަގުތު، ހިތިގަސްމަގުން ދުއްވާފައި ދިޔަ އެހެން ސައިކަލެއް ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓް ހިނގި ވަގުތު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ސީން އިން ބޭނުންވާ މައުލޫމާތާއި އެކްސިޑެންޓްގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތު ނަގާފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓްގައި އަނިޔާވި ސިބާއަށް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންދިޔަކަން ވެސް ފުލުހުން ފާހަގަކުރެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ސައްހަނޫން މައުލޫމާތު ނުފެތުރުމަށް މީޑިއާތަކަށާއި އާންމުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

98

ސިނަމާލޭ ބްރިޖުގައި ޕިކަޕެއް ފުރޮޅާލައި ގެއްލުންތަކެއް ވެއްޖެ

1577448047large

ބްރިޖު ލައިޓްކައިރީގައި އެކްސިޑެންޓެއް ހިނގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

ހައިވޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓްވި އަންހެންމީހާ އަނިޔާވެއްޖެ

Mm

ތުއްތު ކުއްޖަކު ވިހެއިފަހުން މަރުވި މައްސަލައެއް، އޮތީ ޑަސްބިންގައި ކުނިވެފައި!