ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަތީފަންތީގެ ހާއްސަ މަޝްވަރާއަކަށް އެމެރިކާގެ ހާއްސަ މަންދޫބަކު ރާއްޖެ ވަޑައިގަންނަވަނީ

78

ދެކުނު އަދި މެދުތެރޭ އޭޝިއާ ސަރަޙައްދަށް ކަނޑައަޅުއްވާފައިވާ އެމެރިކާގެ ޚާއްޞަ މަންދޫބު ސާޖިއޯ ގޯ މި މަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާކަން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓް އިން ހާމަކޮށްފިއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްއިން ނެރުނު ބަޔާނެއްގައި ބުނީ، މި މާރިޗު މަހުގެ 19 އިން 24 އަށް ސާޖިއޯ ގޯ ދިވެހިރާއްޖެއަށާއި ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށެވެ. އޭނާ މިހާރު ވަނީ ލަންކާއަށް ވަޑައިގެންފައެވެ.

މި ދަތުރުފުޅަކީ އިންޑިއާ ކަނޑުގެ ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމަށްޓަކައި މަތީ ފަންތީގެ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ދިވެހިރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، ސާޖިއޯ ގޯ ދިވެހި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. މީގެ އިތުރުން، ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އިޤްތިޞާދު ފުޅާކުރުމަށް އެހީތެރިވެދެވޭނެ ގޮތްތައް ބައްލަވައިލެއްވުމުގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުން ވެސް މި ދަތުރުފުޅުގެ ތެރޭގައި ހިމެނެއެވެ.

ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގައި އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ކަނޑުގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދެ ޤައުމަށް ފައިދާހުރި ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. މިއީ މިނިވަން އަދި ތަނަވަސް އިންޑޯ-ޕެސިފިކް ސަރަޙައްދެއް ބިނާކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް ލިބޭނެ އިތުރު ބާރެއް ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެއެވެ.

އެމެރިކާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، އެ ޤައުމުން ސްރީލަންކާއާއި ރާއްޖެއާއެކު ބާއްވާ ގުޅުމަށް ވަރަށް ބޮޑު އިސްކަމެއް ދެއެވެ. އަދި ސަރަޙައްދީ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި މި ޤައުމުތަކުން ގެންގުޅޭ އެއްގޮތް ވިސްނުންތަކަށް އެމެރިކާއިން އަބަދުވެސް ތާއީދުކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދުބާއީ އެއާޕޯޓުގެ ޚިދުމަތްތައް އަލުން ފަށައިފި

އީރާނުން ބުނަނީ ސަލާމަތީ މަޖިލީހުގެ ގަރާރު ވަރަށް ބޭއިންސާފު ކަމަށް، ގަރާރުގެ ފަހުންވެސް ހަމަލާތައް ހުއްޓާނުލާ

އީރާނުގެ ސްކޫލަކަށް އެމެރިކާ ސިފައިން ހަމަލާދިން ކަމެއް ނޭނގޭ ކަމަށް ޓްރަމްޕް އަނެއްކާވެސް ބުނެފި

އިންޑިއާ ކަނޑުގައި ދަތުރުކުރަމުންދިޔަ އެމެރިކާގެ އަސްކަރީ މަނަވަރަކަށް ހަމަލާތަކެއް ދީފި