ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެންނަ ނުފެންނަ ވޯޓުގެ ޕްރޮގްރާމްތަކުގައި ސިޔާސީ ޕާޓީތަކަށް ފުރުސަތު ނުދެން: ޕީއެސްއެމް

TV bulding PSM

ލޯކަލް ކައުންސިލް އިންތިހާބާއެކު ބާއްވާ ފެންނަ ނުފެންނަ ވޯޓަށް އާންމުން ހޭލުންތެރިކުރުމަށް ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ ޕްރޮގްރާމްތަކަކީ ފަންނީ އަދި އިޖުތިމާއީ ޕްރޮގްރާމްތަކަކަށް ވާތީ، އެއްވެސް ސިޔާސީ ޕާޓީއަކަށް އެ ޕްރޮގްރާމްތަކުން ފުރުސަތު ނުދޭކަމަށް އެ ކުންފުނިން ބުނެފިއެވެ.

ޕީއެސްއެމްއިން މިހެން ބުނެފައިވަނީ، އިދިކޮޅު ފަރާތްތަކުގެ ހިޔާލު ރައްޔިތުންނާ ހަމައަށް ގެނެސްނުދޭކަމަށް ބުނެ އެމްޑީޕީން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބާ ބައްދަލުކުރަން އެދި ސިޓީއެއް ފޮނުވުމާ ގުޅިގެންނެވެ. އެ ސިޓީގެ ޖަވާބުގައި ޕީއެސްއެމްއިން ބުނީ، މި ވަގުތު އިސްކަންދެނީ ގާނޫނުއަސާސީ އިސްލާހުކުރި ރައްޔިތުންގެ ހާއްސަ މަޖިލިހުގެ މެމްބަރުކަން ކުރެއްވި ތަޖުރިބާކާރު ބޭފުޅުން މެދުވެރިކޮށް މައުލޫމާތު ގެނެސްދިނުމަށް ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއެއް ތަމްސީލްކުރާ ފަރާތަކަށް އެ ހައިސިއްޔަތުން ފުރުސަތު ދީފައި ނުވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، އެމްޑީޕީން އެދުނު ބައްދަލުވުން މިވަގުތު ހަމަޖައްސައިދެވެން ނެތްކަން އަންގައި ޕީއެސްއެމްއިން ބުނީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މިވަގުތު ހުންނެވީ އުމްރާގެ އަޅުކަމުގައި ކަމަށެވެ. އަދި މިމަހު ފަހުކޮޅު އޭނާ ރާއްޖެ ވަޑައިގަތުމުން ބައްދަލުވުމަށް އެދުމަށް ވަނީ ލަފާދީފައެވެ.

ނަމަވެސް، މިކަންކަން ސިޓީއިން އަންގާފައި ވަނިކޮށް، އެމްޑީޕީގެ ފަރާތްތަކުން ވަނީ ޕީއެސްއެމްގެ އިސްވެރިއަކާ ބައްދަލުކުރުމަށް އެދި އެ ކުންފުނީގެ ރިސެޕްޝަން ސަރަހައްދުގައި މައުރިބު ނަމާދާ ހަމައަށް އިހުތިޖާޖުކޮށްފައެވެ. އެކަމާ ގުޅިގެން ޕީއެސްއެމްއިން ނެރުނު ބަޔާނެއްގައި ބުނީ، މެނޭޖިން ޑިރެކްޓަރު ރާއްޖޭގައި ނޫޅުއްވާކަން އަންގާފައިވަނިކޮށް އެމްޑީޕީން ހިންގި އަމަލުގެ ސަބަބުން މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

މާދަމާ ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށް މޯލްޑިވިއަނުން ތައްޔާރުވެއްޖެ

ނިމުނު 52 ހަފުތާ 2025 ފޮތް ނެރެފި

ޕީއެސްއެމްގެ ޗެނަލްތައް އެންޑްރޮއިޑް ޓީވީތަކުން ބަލާލެވޭ އެޕެއް ތަޢާރަފްކޮށްފި

411714 60953d44 6

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަމަށް ޝަކީބު އައްޔަންކޮށްފި