ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޚަރްޖަށް ހަމަލާދިން މިސައިލްތައް އައީ ޔޫއޭއީން: އާންމުން ދުރަށްދާން އީރާނުން އަންގައިފި

އީރާނުގެ ތެލުގެ ސިނާއަތުގެ މައި ހަބް “ޚަރްޖް އައިލެންޑް”

އީރާނުގެ ތެލުގެ ސިނާއަތުގެ މައި ހަބް ކަމަށްވާ “ޚަރްޖް އައިލެންޑް” އަށް ހަމަލާދިން ބައެއް މިސައިލްތައް އައީ ޔުނައިޓެޑް އަރަބް އެމިރޭޓްސް-ޔޫއޭއީން ކަމަށް ވިދާޅުވެ، ހަމަލާތައް އައި ތަންތަނަށް ރައްދު ހަމަލާދިނުމަށް އީރާނުން ތައްޔާރުވަމުންދާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވަރުގަދަ އިންޒާރުތަކެއް ދެއްވައިފިއެވެ.

އެމެރިކާގެ ޚަބަރު ވިއުގައަކަށް ދެއްވި އިންޓަރވިއުއެއްގައި އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ހަމަލާދިނުމަށް މިސައިލްތައް އުދުއްސާލީ އާންމުން ދިރިއުޅޭ އަވަށްތަކާ ވަރަށް ކައިރި ސަރަހައްދުތަކުން ކަމަށެވެ. އެއީ ވަރަށް ނުރައްކާތެރި ކަމެއްގެގޮތުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

“ޚަރްޖް އައިލެންޑް” އަށް ހަމަލާދިނުމަށް މިސައިލްތައް އުދުއްސާލި ތަންތަނަށް ރައްދު ހަމަލާދޭން އީރާނުން ތައްޔާރުވަމުންދާ ކަމަށްވެސް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

އީރާނަށް ހަމަލާ ދިނުމަށް ގަލްފްގެ ގައުމުތަކުގެ ސަރަހައްދުތައް ބޭނުންކުރުމުގެ ފުރުސަތު އެމެރިކާއަށް ނުދިނުމަށް އައްބާސް އަރަޣްޗީ ގޮވާލެއްވިއެވެ. ޚާއްސަކޮށް އާންމުން ދިރިއުޅޭ ސަރަހައްދުތައް ކައިރިން އެފަދަ ހަމަލާތައް ދިނުމަށް ފުރުސަތު ނުދޭން ގޮވާލެއްވިއެވެ.

އިރާނަށް އަސްކަރީ ހަމަލާދޭން، އަވަށްޓެރި ގައުމުތަކުގެ ސަރަހައްދުތައް ބޭނުން ކުރުމުގެ ފުރުސަތު އެމެރިކާއަށް ނުދޭން އީރާނުން މީގެކުރިންވެސް އެތައް ފަހަރަކު ގޮވާލާފައި ވެއެވެ.

އަވަށްޓެރި ގައުމުތަކާއެކު ކުރިމަތިލުމަކަށް ދިއުމަށް އީރާނު ބޭނުން ނުވާކަމަށާއި، ސަރަހައްދުގެ ބޭރުންވެސް އެހެން ގައުމަކާ ދިމާކުރަން އީރާނު ބޭނުން ނުވާކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ޓްރަމްޕްގެ އަމުރަށް “ޚަރްޖް އައިލެންޑް” އަށް އެމެރިކާ ސިފައިން ވަރަށް ވަރުގަދައަށް ބޮންއަޅައި، އެރަށުގެ ބޮޑުބައެއް މިހާރު ހަލާކުކޮށްލާފައިވާ ކަމަށް ވެއެވެ.

އެމެރިކާ ސިފައިން ލައްވައި ޓްރަމްޕް އެރަށަށް ބޮން މިއެޅީ، އެކަން ކޮށްފިނަމަ އޭގެ ނަތީޖާ ވަރަށް ބޮޑަށް ގޯސްވެގެން ދާނޭކަމަށް އެމެރިކާގެ އެތެރެއިން އެތައް ވެރީންނާއި، ބޭރުންވެސް އެތައް ބަޔަކު އިންޒާރު ދެމުން ގެންދަނިކޮށެވެ.

އެންމެންވެސް ހީކުރިގޮތަށް ކަންތައް ވެގެންދާން އުޅޭކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ.

ޔޫއޭއީއީން މިސައިލްތައް އުދުއްސާލި ސަރަހައްދުތަކަށް އީރާނުން ރައްދު ދޭނޭ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ އިންޒާރު ކުރެއްވިއިރު، އީރާނުގެ ނުފޫޒުގަދަ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން ނެރުނު ބަޔާނުގައި ކޮށްފައިވާ އަމުރު އަދި މާ ނުރައްކާތެރިއެވެ.

އައިއާރްޖީސީގެ ބަޔާނުގައި އެމެރިކާއަށް ގޮވާލާފައިވަނީ، ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ ސިނާއަތްތަކެއް، ސަރަހައްދުން ބޭރުކުރުމަށެވެ. އަދި އެމެރިކާގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ފެކްޓަރީތައް ހުންނަ ސަރަހައްދާ ގާތުގައި ދިރިއުޅޭ އާންމުން ވީހާވެސް އަވަހަކަށް އެ ސަރަހައްދުތައް ދޫކޮށް ދިއުމަށްވެސް އަންގާފައި ވެއެވެ.

އީރާނަށް ހަމަލާދިނުމަށް އެމެރިކާއިން ބޭނުންކުރާ ގަލްފްގެ ހުރިހާ ގައުމުތަކެއްގައިވެސް އެމެރިކާއާއި އިސްރާއީލުގެ ވިޔަފާރިތައް ވަރަށް ފުޅާދާއިރާއެއްގައި ހިންގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަމަލާދިނަސް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތެއް ނުހުއްޓޭ، އީރާނު މިކަމުން އަރައިގަންނާނެ: އީރާނުގެ ރައީސް

އީރާނުގެ ރައްދު ހަމަލާތައް ހައްތަހާ ވަރުގަދަކުރަނީ، އިއްޔެއާއި ރޭ އީރާނަށް ބޮޑެތި ކާމިޔާބީތަކެއް

އީރާނުން ބުނަނީ ސަލާމަތީ މަޖިލީހުގެ ގަރާރު ވަރަށް ބޭއިންސާފު ކަމަށް، ގަރާރުގެ ފަހުންވެސް ހަމަލާތައް ހުއްޓާނުލާ

އީރާނުގެ ސްކޫލަކަށް އެމެރިކާ ސިފައިން ހަމަލާދިން ކަމެއް ނޭނގޭ ކަމަށް ޓްރަމްޕް އަނެއްކާވެސް ބުނެފި