ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްޓީއޯގެ ބޯޑަށް އާންމުންގެ ފަރާތުން ކުރިމަތިލައްވާ ދެ ބޭފުޅުންގެ މައުލޫމާތު އާންމުކޮށްފި

STO

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން ކުރިމަތިލައްވާފައިވާ ބޭފުޅުންގެ މައުލޫމާތު އާންމުކޮށްފިއެވެ.

އެސްޓީއޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 2026-2027 އަށް އެ ކުންފުނީގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކުރާ މެންބަރުކަމަށް ކުރިމަތިލުމަށް މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ހުށަހެޅި ފުރުސަތު މިދިޔަ މަހުގެ 25 އަށް ހަމަވި އިރު، ކުރިމަތިލާފައިވަނީ ދެ ބޭފުޅުން ކަމަށެވެ.

އެ ބޭފުޅުންނަކީ

  • ކެންޑިޑޭޓް ނަންބަރު 1 – މުހައްމަދު އަހްސަން ސަލީމް ، މއ، ޓިޔުލިފްވިލާ، މާލެ

އަހްސަނަކީ، މިހާރުވެސް އެސްޓީއޯގެ އާއްމު ހިއްސާދާރުން ތަމްސީލުކުރާ ބޯޑު މެންބަރެކެވެ. މި ވަގުތު އޭނާ ހުންނެވީ ޓްރީޓޮޕް ހޮސްޕިޓަލުގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސްގެ މަގާމުގައެވެ.

  • ކެންޑިޑޭޓް ނަންބަރު 2 – އަބްދުﷲ ޔާސިރު، ފިނިމަންޒިލް، ސ. ފޭދޫ

ޔާސިރަކީ ވިޔަފާރި، އިންވެސްޓްމަންޓް، ކެޕިޓަލް މާކެޓް އަދި ކޯޕަރޭޓް ގަވަނަންސްގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ފުންނާބު އުސް ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތެލާއި ގޭސް މެދުނުކެނޑި ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފި

DSC

އެސްޓީއޯއަށް ލިބޭ ފައިދާ ބޭނުންކޮށްގެން ތެލުގެ އަގު ބޮޑުވިޔަނުދީ ހިފަހައްޓަން ނިންމައިފި

eid

އީދު ހަވީރު: ތިން ދުވަހަށް އީދު ފާހަގަކުރުމުގެ ހަރަކާތްތައް މާލޭ ސަރަހައްދުގައި ކުރިއަށްދާނެ

ހަނިމާދޫގައި އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފަށައިފި