ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލްގެ ސުވައިޕް އައްޑޫއަށް ތައާރަފުކޮށްފި

B 202510291210131761721813.7746

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނޭޝަނަލް ވޮލެޓް “ސްޕައިޕް” އައްޑޫ ސިޓީއަށް ތައާރަފުކޮށްފިއެވެ.

ބީއެމްއެލުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޓަނޭޝަނަލް ވޮލެޓް “ސްވައިޕް” ތައާރަފުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ބީއެމްއެލުން އައްޑޫގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ސުވައިޕް އައްޑޫއަށް ތައާރަފުކޮށްދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ.

ބީއެމްއެލުން ބުނެފައިވަނީ އެ ވޮލެޓަކީ ޒުވާނުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު، ކްރޮސްބޯޑާ ޓްރާންސެކްޝަންތައް ހިންގުމަށް ބޭނުން ކުރެވޭނެ ވޮލެޓެއް ކަމަށެވެ. އެ ވޮލެޓުގެ ސަބަބުން ހަރަދު ކުޑަކޮށް، ބޭރު ފައިސާ ރާއްޖެއަށް ގެނައުމަށް އެހީތެރިވެދީ އަދި ބޭރު ފައިސާ ހޯދުމަށް ހުރި ދަތިތައްވެސް ކުޑަވެގެންދާނެ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.

ދުނިޔޭގެ ކޮންމެ ގައުމެއްގައި ހުރެގެންވެސް އިންޓަނޭޝަނަލް ވޮލެޓް “ސްޕައިޕް” ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ. އެއްވެސް ފީއަކާ ނުލައި ކޮންމެ ގައުމަކުންވެސް ވަގުތުން ފައިސާ ލިބޭނެކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.

“ސްވައިޕް” އަކީ 100 ޕަސަންޓު ދިވެހި އުފެއްދުމެއް ކަމަށާއި އެއީ ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ވޮލެޓްތަކާ އެއް ފެންވަރުގެ އުފެއްދުމެއްކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ފަހު ދިހައެއްގައި ބީއެމްއެލުން ޚިދުމަތް ލިބޭނީ މި މަހުގެ 11، 18ގައި

masverin

ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 89 މަސްވެރިއަކަށް ބީއެމްއެލްއިން ލޯނު ދޫކޮށްފި

ބީއެމްއެލްގެ އެހީގައި ދ. އަތޮޅު ތައުލީމީ މަރުކަޒުގައި މަލްޓިމީޑިއާ ސްޓޫޑިއޯއެއް ގާއިމްކޮށްފި

WhatsApp Image 2026 03 05 at 13.10.03 (1)

ބީއެމްއެލްގެ އެހީގައި ދ. އަތޮޅު ތައުލީމީ މަރުކަޒުގައި މަލްޓިމީޑިއާ ސްޓޫޑިއޯއެއް ގާއިމްކޮށްފި