ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވަޒީފާގެ ފުރުސަތުތަކާއި ހުނަރު ތަރައްޤީކުރުން ހަރުދަނާކުރުމުގެ ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހި ޒުވާނުންނަށް ތަމްރީނާއި، ހުނަރު ތަރައްޤީކުރުމާއި، ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށްޓަކައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މިއަދު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެއްބަސްވުންތަކުގައި ސޮއިކުރިކަން ހާމަކުރީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާއްމުކުރި ނޫސްބަޔާނުގައެވެ.
ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރީ “އޮކްޓޮޕަސް ސިސްޓަމްސް ޕްރައިވެޓް ލިމިޓް” އާއެކުއެވެ.

އެ ކުންފުންޏާއެކު ވީ އެއްބަސްވުމުގެ ދަށުން، ބައިވެރިންނަށް މަސައްކަތުގެ މާހައުލުގައި ތަމްރީނާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި އެޕްރެންޓިސްޝިޕް އަދި އިންޓާންޝިޕް ޕްރޮގްރާމްތައް ހިންގާނެއެވެ. މި ބައިވެރިވުމުގެ ދަށުން، ތަމްރީނުވާ ފަރާތްތަކަށް ބޭނުންވާ މެންޓަޝިޕާއި، އިރުޝާދު އޮކްޓޮޕަސް ސިސްޓަމްސްއިން ފޯރުކޮށްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ޑިޖިޓަލް ފްރީލާންސަރ ޕްލެޓްފޯމެއް ކަމަށްވާ “ޓާސްކިން އެލް.އެލް.ޕީ” އާއެކު ވެސް އެއްބަސްވުމެއްގައި ވަނީ ސޮއިކުރެވިފައެވެ. މި ބައިވެރިވުމުގެ ދަށުން، ދެ ފަރާތުން ގުޅިގެން މަސައްކަތްކުރާނީ ހުނަރު އިތުރުކުރުމަށާއި ރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދީގެންނެވެ.

މި ދެ އެއްބަސްވުމަކީ ވެސް ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ގުޅިގެން ކުރިއަށްގެންދާ “ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބަރ ސަރވިސަސް” (ސެއިލްސް) ޕްރޮޖެކްޓުގެ ދަށުން ވެފައިވާ އެއްބަސްވުންތަކެކެވެ.

މި މަޝްރޫޢަކީ ދިވެހިންނަށް ވަޒީފާ ހޯދައިދިނުމަށް އެހީތެރިވުމުގެ ގޮތުން ކެރިއަރ ގައިޑެންސް، ވަޒީފާ ހޯދުމުގެ އެހީތެރިކަން، އަމާޒުކުރެވިފައިވާ ހުނަރު ތަރައްޤީކުރުމުގެ ތަމްރީނު އަދި މެންޓަރިންގ ފޯރުކޮށްދޭ މަޝްރޫޢުތަކެއް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އެއްބަސްވުންތަކަކީ ރާއްޖޭގެ މަސައްކަތްތެރި ބާރު ހަރުދަނާކުރުމަށާއި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށާއި، ހުނަރު ތަރައްޤީކޮށް ކެރިއަރ ފުރުސަތުތައް ފަހިކޮށްދިނުމުގެ ތެރެއިން ޤައުމީ ތަރައްޤީއަށް އެހީތެރިވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

students

ސްޓޫޑެންޓް ލޯނުގެ ގޮތުގައި މިދިޔަ އަހަރު 548 މިލިޔަން ރުފިޔާ ދޫކޮށްފައިވޭ

ތަޢުލީމީ ދާއިރާއިން 31 މަޝްރޫޢުއެއް އަމިއްލަ ކުންފުނިތަކަށް ހަވާލުކޮށްފި

ދިވެހި ދަރިވަރުންނަށް ކޮރެއާގެ މާސްޓަރސް ސްކޮލަރޝިޕް ފުރުސަތު

ޕްރިންސިޕަލުންގެ މަހާސިންތާ އަންނަ ހޮނިހިރު ދުވަހު ފަށަނީ