ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެމަފިރިންގެ ބޯހިޔާވަހިކަން އޮތް ނަމަވެސް ގޯއްޗަށް އެދެވޭ ގޮތަށް އުސޫލު ބަދަލުކޮށް ފުރުސަތު ހުޅުވާލައިފި

ދެމަފިރިންގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ހުށަހެޅޭ ގޮތަށް ހިންގާ “ގޯތިގެދޮރު” ޕްރޮގްރާމުގެ ދަށުން ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

ފިރިމީހާ ނުވަތަ އަނބިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަކަށް ކުރިމަތިލުމުގެ ފުރުސަތު ދޭން ބޯހިޔާވަހިކަމުގެ އައު ޕްރޮގްރާމެއް އިއުލާނުކުރީ މި މަހުގެ ހަތަރު ވަނަ ދުވަހު އެެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މި ސްކީމްގެ ދަށުން ގޯއްޗަށް ހުށަހެޅުމުގެ ފުރުސަތު މިއަދު ހެނދުނު 11:00 އިން ފެށިގެން އަންނަ އޭޕްރީލު މަހުގެ ނިޔަލަށް ހުޅުވާލެވިފައިވާކަމަށެވެ.

މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ ބޯހިހާވަހިކަން ޕޯޓަލް މެދުވެރިކޮށެވެ.

މި އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ ރަސްމާލެއިން، 1،250 އަކަފޫޓުގެ ގޯތިތަކެވެ.

މިސްކީމްގައި ހިމެނޭ ދެ ކެޓަގަރީއަކީ މާލެ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީއާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީތަކެވެ.

މިކަމާ ގުޅޭ އުސޫލާއި، ހުށައަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލާއި ޕޮއިންޓްދިނުމުގައި ބަލާނެ ކަންކަމުގެ ތަފްސީލްތައް ގެޒެޓުގައި މިހާރު ވަނީ އާއްމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ނުކުޅެދުންތެރިކަން ހުންނަ މީހުން ފްލެޓަށް ފޯމު ހުށަހަޅަން ވަކި ކެޓަގަރީއެއް ކަނޑައަޅައިފި

މާލޭގެ ރައްޔިތުންނަށް ދޫކުރާ އާ ދެ ޕްރޮގްރާމެއްގެ ގޯތި ދޭ އުސޫލު އާންމުކޮށްފި

’އާއިލީ ބޯހިޔާވަހިކަން’ ސްކީމުގެ ޚާއްސަ ކެޓަގަރީތަކުގެ ޝަރުތުތައް ބަދަލުކޮށް، ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

dr muthalib

އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ހިންގަނީ އަލަށް ގެ ގަންނަން ބޭނުންވާ ފަރާތްތަކަށް އެމަގު ފަހިކޮށްދިނުމަށް