ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކެންޑިޑޭޓުންގެ މަންދޫބަކަށްވުމަށް ފުރުސަތު އިތުރުކޮށްފި

Election
STO_Ads
TTH_Ads
Advertisement

އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ކެންޑިޑޭޓުންގެ މަންދޫބަކަށް ވާން ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ)އިން އިތުރުކޮށްފި އެވެ.

އީސީން ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ކެންޑިޑޭޓުންގެ މަންދޫބަކަށްވުމުގެ ފުރުސަތު ހުޅުވާލީ އަންނަ ހޮނިހިރު ދުވަހުގެ 13:00 ގެ ނިޔަލަށް ހަމަވާ ގޮތަށެވެ.

ނަމަވެސް އޭގެ ފަހުން ކުރި އިއުލާނުގައި ވަނީ އެ މުއްދަތު އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ 13:00 އަށް އިތުރުކޮށްފައެވެ.

MMA_Ads
HajjCop_ads
Advertisement

ވޯޓުނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް، އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް އެއް މަންދޫބަކު އައްޔަން ކުރުމުގެ ފުރުސަތު ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބޭނެއެވެ.

މި އިންތިހާބުގައި ކެންޑިޑޭޓުގެ މަންދޫބަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ކޮމިޝަނަށް ހުށަހަޅާނީ، ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށް ކެންޑިޑޭޓުންނެވެ. އެގޮތުން މަންދޫބުންގެ މައުލޫމާތު މައި ޕޯޓަލްއަށް ހުށަހެޅުމުން، މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ކަނޑައެޅި ފަރާތުން އިގުރާރު ވާނީ އެމީހެއްގެ ވެރިފައިޑް އީފާސް މެދުވެރިކޮށް މައި ޕޯޓަލްގެ ތެރެއިންނެވެ.

ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، ކެންޑިޑޭޓުންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ސަމާލުކަން ދޭންވާނެބކަމަށް އީސީން ބުނެއެވެ. އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް އީސީން ބާއްވާ މައުލޫމާތު ސެޝަނުގައި ބައިވެރިވުމަކީ މުހިންމުކަމެއް ކަމަށްވެސް އީސީން ބުންޏެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، އަންނަ މަހުގެ ހަތަރެއްވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 04:00 އަށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

election

ބައި-އިލެކްޝަން: ކިޔުތައް ބަންދުކޮށްފި

Election commission

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް އިލެކްޝަން ކޮމިޝަނުން ފުރިހަމައަށް ތައްޔާރު: އީސީ

election

ހިތަދޫ އުތުރު ބައި-އިލެކްޝަނަށް 4154 ވޯޓު ކަރުދާސް

މީދޫ ކައުންސިލުގެ އިތުރުބުރަށް، ރީ-ރަޖިސްޓްރީވާން ހުޅުވާލައިފި