ކުއްލި ޚަބަރު

ލޫޓުވައިފި މުޒާހަރާއާ ގުޅިގެން މެންބަރު މައުރޫފާއި އިތުރު ބައެއް މީހުންގެ މައްޗަށް ދައުވާކޮށްފި

ޚިޔާލު ހޯދުމުގެ ވޯޓާއި ދައުރު ދަންމާލުމާ ގުޅުމެއް ނެތް: ފަލާހު

ރާއްޖެއަށް އިތުރު އެއާލައިންތައް ގެންނަން ސަރުކާރުން ނިންމައިފި

އިރާނުގެ އައު ލީޑަރޝިޕުން ވާހަކަ ދައްކަން އެދިއްޖެ، ވާހަކަ ދައްކަން އަހަރެން އެއްބަސްވެޖައިން: ޓްރަމްޕް

އެމެރިކާގެ ހަނގުރާމައިގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އީރާނުގެ އައު ލީޑަރޝިޕުން ވާހަކަ ދައްކަން ހުށަހަޅާފައިވާ ކަމަށް އެމެރިކާގެ ހަނގުރާމައިގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިހެން ބުނެފައިވަނީ، ދަ އެޓްލާންޓިކް މަޖައްލާއަށް ދިން އިންޓަރވިއުއެއްގައެވެ.

ޓްރަމްޕް ބުނީ، އެމެރިކާއާ ވާހަކަ ދައްކަން އީރާނުގެ އައު ލީޑަރޝިޕުން އެދިފައިވާ ކަމަށާއި، އީރާނުން އެދިފައިވާ ގޮތަށް އީރާނާ ވާހަކަ ދައްކަން އޭނާ ގަސްތުކުރާ ކަމަށެވެ.

ޓްރަމްޕް ބުނީ، އީރާނުން އެކަން ކުރަން މާބޮޑަށްވެސް ލަސްވެއްޖެ ކަމަށާއި، އެމެރިކާއިން އެދުނު ކަންކަމަކީ ވަރަށް ފަސޭހައިން ކުރެވެން ހުރި ކަންކަން ކަމަށެވެ.

އީރާނުގެ އައު ލީޑަރޝިޕްގެ ގޮތުގައި ޓްރަމްޕް މާނަކުރީ ކޮން ބައެއް ކަމެއް ސާފެއް ނުވެއެވެ.

އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލި ނަމަވެސް އީރާނުގެ ރައީސް އަދި އީރާނު ސަރުކާރުގެ އެއްވެސް މަގާމަކަށް ބަދަލެއް ނާދެއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ވައިގެ ހަމަލާތައް ދޭން ފެށީވެސް އީރާނާއި އެމެރިކާއާ ދެމެދު ތިން ހަތަރު ބުރެއްގެމަތިން ވާހަކަތައް ބާއްވައި އަދި އީރާނުގެ ހުށަހެޅުންތަކުގެ ޓެކްނިކަލް ވާހަކަތައް ވިއެނާގައި މިއަދު ބޭއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ.

އެމެރިކާ އިސްވެ އޮވެ އީރާނަށް މިފަހަރު ހަމަލާތައް ދޭން ފެށުމުން، އެމެރިކާއިން އީރާނާ ވާހަކަ ދައްކަނީ ދުނިޔޭގެ ލޮލުގައި އަނދުން އެޅުވުމަށް ކަމާއި، އެމެރިކާގެ ހަގީގީ ބޭނުމަކީ އީރާނަށް ހަމަލާ ދިނުންކަން ތަޖުރިބާކާރުން ބުނެފައި ވެއެވެ.

އީރާނުން އެމެރިކާއާ ވާހަކަ ދައްކަން ބޭނުންވާކަން ޓްރަމްޕް ހާމަކުރިއިރު، ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ސީރިއަސް މަސައްކަތްތަކެއް ކުރުމަށް އީރާނު ތައްޔާރަށް އޮތްކަން އުމާންގެ ޚާރިޖިއްޔާއިންވެސް މިއަދު ވަނީ ހާމަކޮށްފައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ، މި ވާހަކަތައް ދެންނެވީ އުމާންގެ ޚާރިޖީ ވަޒީރު ބަދްރް ބިން ހަމަދު އަލް ބުސައިދީއަށް ކަމަށްވެސް އުމާންގެ ޚާރިޖިއްޔާއިން ބުނެފައި ވެއެވެ.

އުމާނަކީ، އެމެރިކާއާއި އީރާނާ ދެމެދު ދެކެވޭ ނުސީދާ ވާހަކަތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރާ ގައުމެވެ.

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި ޖެނީވާގައި ބޭއްވި ވާހަކަތަކަށްފަހު، ވިއެނާގައި ޓެކްނިކަލް ވާހަކަތައް ބާއްވަން ތައްޔާރުވެފައި ވަނިކޮށް އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާ ދިނުމުން އުމާނުންވަނީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދުޝްމަނުން ސިއްސައިގެންދާފަދަ ގެއްލުންބޮޑު ހަމަލާތަކެއް ކުޑައިރުކޮޅެއް ތެރޭގައި ފެށޭނެ: އައިއާރްޖީސީ

ރޫހީ ލީޑަރު ޚާމަނާއީ އަވަހާރަ ކޮށްލާފައިވާކަން އީރާނު ސަރުކާރުން ހާމަކޮށްފި

ޚާމަނާއީގެ އޮފީހުން ހަނގުރާމައިގެ ރައީސްގެ ވާހަކަތައް ދޮގުކުރުން: ޚާމަނާއީ ގަދަވެސަލާމަތުން އެބަހުންނެވި

އީރާނުން އަކެއްކާވެސް އިސްރާއީލަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފި

TTH_advertisement