ކުއްލި ޚަބަރު

އަސާސީ ބާވަތްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރު ކުރާނެ: ސަރުކާރު

ދުޝްމަނުން ސިއްސައިގެންދާފަދަ ގެއްލުންބޮޑު ހަމަލާތަކެއް ކުޑައިރުކޮޅެއް ތެރޭގައި ފެށޭނެ: އައިއާރްޖީސީ

ރޫހީ ލީޑަރު ޚާމަނާއީ އަވަހާރަ ކޮށްލާފައިވާކަން އީރާނު ސަރުކާރުން ހާމަކޮށްފި

ރޫހީ ލީޑަރު ޚާމަނާއީ އަވަހާރަ ކޮށްލާފައިވާކަން އީރާނު ސަރުކާރުން ހާމަކޮށްފި

އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ

އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެފައިވާކަން އީރާނު ދައުލަތުގެ ޓީވީން އިއުލާން ކޮށްފިއެވެ.

މިކަން އިއުލާންކުރީ، އީރާނުގެ ދައުލަތުގެ ޓީވީ – އައިއާރްއައިބީން ހާމަކުރި، އީރާނު ސަރުކާރުގެ ބަޔާނެއްގައެވެ.

އީރާނު ސަރުކާރަށް ނިސްބަތްވާ ތަސްނިމް ނިއުސް އޭޖެންސީއާއި، މެހްރް ނިއުސް އޭޖެންސީންވެސް މިކަން ވަނީ ކަށަވަރު ކޮށްދީފައެވެ.

އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލެވިފައިވާ ކަމަށް އެމެރިކާގެ ރައީސާއި، އިސްރާއީލުގެ ނަތަންޔާހޫއާއި، ޒަޔަނިސްޓު މީޑިއާ ވަސީލަތްތަކުން ހާމަކުރުމުން، އީރާނުގެ މީޑިއާއިން އެ ވާހަކަތައް ދޮގުކުރަމުން ގޮސްފައި ވެއެވެ. އަދި ޚާމަނާއީގެ އޮފީހުންވެސް އެ ވާހަކަ ދޮގު ކުރިއެވެ.

އީރާނުގެ މީޑީއާއިން މިހާރު ބުނަނީ، އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެފައިވަނީ، ހޮނިހިރު ދުވަހުގެ ހެނދުނު އެމެރިކާއާއި އިސްރާއީލުން ތެހެރާނަށް ދިން ވަރުގަދަ ހަމަލާތަކުގައި ކަމަށެވެ.

ޚާމަނާއީ އަވަހާރަވެފައިވަނީ އޮފީސްކޮޅުގައި ރަސްމީ މަސައްކަތުގައި އުޅުއްވަނިކޮށް ކަމަށްވެސް ބުނެފައި ވެއެވެ.

އެމެރިކާއާއި އިސްރާއީލުން ހަމަލާދީ ޚާމަނާއީ އަވަހާރަ ކޮށްލިއިރު އުމުރުފުޅަކީ 86 އަހަރެވެ.

ޚަމަނާއީ އަވަހާރަ ކޮށްލުމާ ގުޅިގެން އީރާނު ސަރުކާރުން ވަނީ ގައުމީ ހިތާމައިގެ 40 ދުވަސް އިއުލާން ކޮށްފައެވެ.

އީރާނުގެ އިސްލާމީ އިންގިލާބުގެ ވެރިޔަކަށް ޚާމަނާއީ އައްޔަން ކުރެވުނީ، އީރާނަށް ގެނައި އިންގިލާބުގެ ބާނީ އާޔަތުﷲ ރޫހުﷲ ޚުމައިނީ އަވަހާރަވުމާ ގުޅިގެން 1989 ގެ ފަހުކޮޅުއެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުގެ އެކިއެކި މަސްދަރުތަކުން ބުނަނީ، ރޫހީ ލީޑަރު އަވަހާރަކޮށްލުމުން އެކަމުގެ ބަދަލުހިފުމުގެ ހަމަލާތައް ވަރަށް ބޮޑުކޮށް އަންނާނޭ ކަމަށެވެ. އަސްލު ހަނގުރާމަ ދެން ފެށޭނީ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި ރޫހީ ލީޑަރު އަވަހާރަ ކޮށްލިޔަސް، އީރާނު އަސްކަރިއްޔާއިން ދުޝްމަނުންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ނާންނާނެ ކަމުގެ ޔަގީންކަންވެސް ދެމުން ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދުޝްމަނުން ސިއްސައިގެންދާފަދަ ގެއްލުންބޮޑު ހަމަލާތަކެއް ކުޑައިރުކޮޅެއް ތެރޭގައި ފެށޭނެ: އައިއާރްޖީސީ

ޚާމަނާއީގެ އޮފީހުން ހަނގުރާމައިގެ ރައީސްގެ ވާހަކަތައް ދޮގުކުރުން: ޚާމަނާއީ ގަދަވެސަލާމަތުން އެބަހުންނެވި

އީރާނުން އަކެއްކާވެސް އިސްރާއީލަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފި

ހަނގުރާމައިގެ މައްސަލާގައި ބާއްވާ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުން ފަށައިފި

TTH_advertisement