ކުއްލި ޚަބަރު

ފިލްމީ ތަރި ނިމާލު ނިޔާވެއްޖެ

ނަވީން 32 އަހަރު ފުލުހުންގެ މުއައްސަސާއަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަންކޮށްފި

ވައިނުސާފުވުމުގެ މައްސަލައިގައި ގެއްލުން ކުޑަކުރަން މަސައްކަތްތަކެއް ދަނީ ކުރަމުން: ފޮރިން މިނިސްޓްރީ

މާފުށީގައި އައު ނަރުދަމާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި

ކ. މާފުށީގައި އައު ނަރުދަމާ ނިޒާމު ގާއިމުކުރުމާއި އެ ރަށު ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އެކަމަށްޓަކައި މިދިޔަ އަންގާރަ ދުވަހު މާފުށީގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓާ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ޑރ. ޢަބްދުﷲ މުއްތަލިބެވެ.

މާފުށީގައި އައު ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން އައު ނަރުދަމާ ނިޒާމެއް ގާއިމުކުރުމާއި، ނަރުދަމާ ޕަންޕިން ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި، އަދި ނަރުދަމާ އައުޓް ފޯލް އެއް އެޅުމުގެ އިތުރުން މި މަޝްރޫއު ނިންމުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

12 ފެބުރުވަރީ 2026 ގައި މި މަޝްރޫއު އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވަނީ 57,402,888.14 ރުފިޔާއަށް 571 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މާފުށީ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނެނީ އެ ރަށު ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިން ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި، އައުޓް ފޯލް އެޅުމާއި އަދި ދުވާލަކު 1500 ޓަނުގެ ފެން އުފެއްދޭ ވަރުގެ 02 އާރު.އޯ ޕްލާންޓް ބެހެއްޓުމާއި، 3500 ޓަނުގެ ފެން ރައްކާ ކުރެވޭ ވަރުގެ 02 ޓޭންކު ބެހެއްޓުމާއި، ފެން މީޓަރުތައް ބަހެއްޓުމާއި، އައުޓްފޯލް އެޅުމުގެ އިތުރުން މި މަޝްރޫޢު ނިންމުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމެވެ.

571 ދުވަހުގެ ތެރޭގައި ނިންމުމަށް 12 ފެބުރުވަރީ 2026ގައި އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 128،605،793.86 ރުފިޔާގެ މަޝްރޫޢެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާފުށީ ހިއްކި ސަރަޙައްދު ގުޅާލާ ބުރިޖުގެ ޢަމަލީ މަސައްކަތް ފަށައިފި

mwsc matheen

އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް: މަތީން

މާފުށީގެ ދުވަސްވީ ނަރުދަމާ އަޕްގްރޭޑްކޮށް އަލަށް ހިއްކި ސަރަޙައްދުގައި ނަރުދަމާ އަޅަން ހަވާލުކޮށްފި

Qw

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

TTH_advertisement