ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑޮމެސްޓިކް ޓަރމިނަލް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް މިއަދު ބަދަލުކުރަނީ

velana terminal VIA

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑޮމެސްޓިކް ޓަރމިނަލް ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލްއަށް ބަދަލުކުރުމަށް ތައްޔާރުވެފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ވިދާޅުވެއްޖެއެވެ.

ވީއައިއޭގެ އައު ޓަރމިނަލްގެ މަސައްކަތް ނިންމާ މިދިޔަ އަހަރުގެ ޖުލައި މަހުގެ 26ގައި ވަނީ ހުޅުވާފައެވެ. އެ ޓަރމިނަލް ހުޅުވުމާއެކު ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލްގެ ހުރިހާ ޚިދުމަތެއް އައު ޓަރމިނަލްއަށް ވަނީ ބަދަލުކޮށްފައެވެ.

އެމްއޭސީއެލްއިން ވިދާޅުވީ ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލްއަށް މިހާރުގެ ޑޮމެސްޓިކް ޓަރމިނަލް ބަދަލުކުރުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވެފައިވާކަމަށެވެ. އެގޮތުން އެތަނައް ގެންނަން ޖެހޭ ބަދަލުތައް ގެނެސް މަރާމާތުކޮށް ނިމިފައިވާކަމަށް ވިދާޅުވިއެވެ. އެމްއޭސީއެލްއިން ވިދާޅުވީ ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލްއަށް މިހާރުގެ ޑޮމެސްޓިކް ޓަރމިނަލްގެ ދަތުރުތައް މިއަދު ބަދަލުކުރާނެކަަމަށެވެ. ބަދަލުކުރުމަށްފަހުގައި ޑޮމެސްޓިކް ޓަރމިނަލުން ދިން ހުރިހައި ޙިދުމަތެއް ލިބޭނީ ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލުނެވެ.

ރާއްޖޭގައި ޑޮމެސްޓިކް ވައިގެ ދަތުރުތައް ކުރަނީ ތިން އެއާލައިނަކުންނެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަން އާއި މަންޓާ އެއާ އަދި ވިލާ އެއާ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ihusan

އެޕްރީލް 1އިން ފެށިގެން އީގޭޓްގެ ޚިދުމަތް ފަތުރުވެރިންނަށް ލިބޭނެ: އިޙުސާން

airport velana

ރާއްޖެ އަންނަން އޮތް ގިނަ ފްލައިޓްތަކެއް މިއަދުވެސް ކެންސަލް

Oo

ނުފުރި ތިބި ފަތުރުވެރިންނަށް ސަރުކާރުން އެހީ ވަނީ

ވީއައިއޭ ޑޮމެސްޓިކް ޓާމިނަލް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކޮށްފި

TTH_advertisement