މާދަމާ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަން ސްޓެލްކޯއިން ހާމަކޮށްފިއެވެ.
އެ ކުންފުނީގެ ސޯޝަލްމީޑިއާ އެކައުންޓުތަކުން ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، މާދަމާ ހެނދުނު6:00 އާއި6:15 އާއި ދެމެދު ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިދާނެ ކަމަށެވެ.
ކަރަންޓު ކެނޑޭނެ ސަރަހައްދުތައް:
އެސްޓީއޯ ޓަވަރު
އެމްޑަބްލިޔުއެސްސީ ޓަވަރު
އެމްޕީއެލް ޓަވަރު
ހިޔާ ޓަވަރު ފަހެއް، ހައެއް، ހަތެއް އަދި އަށެއް
އަމާން އުދަރެސް ފަހަކުން ސޯޅައަށް
އަމާން ދޯދި ފަހެއް، ހައެއް، ހަތެއް އަދި އަށެއް
ވިނަރެސް ނުވައެއް އަދި ދިހައެއް
އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު
ސްޓެލްކޯ އިން ބުނީ މާދަމާ ކަރަންޓު ކެނޑެނީ، އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކްގައި ކަރަންޓުގެ ހިދުމަތް މެދުކަނޑާލައިގެން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ކަމަށާއި، މިކަމުން ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭ ކަމުގައެވެ.
ކިޔުންތެރިންގެ ހިޔާލު