ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

Election

ކުރިއަށްއޮތް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބަށް ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުނެގުން މާދަމާ އޮންނާނެއެވެ. ގުރުއަތު ނެގުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށްދާނީ އެއް ވަގުތެއްގައެވެ.

“ކެންޑިޑޭޓުގެ ބަދަލުގައި އެހެން ފަރާތަކުން ގުރުއަތު ނެގުމަށް އަންނަ ނަމަ، އަންނަންވާނީ އެކަން ބަޔާންކޮށް ކެންޑިޑޭޓުގެ ސިޓީއަކާއެކު. ސިޓީގައި އަންނަ މީހާގެ ނަން، އައިޑީ ނަންބަރު އަދި އައިޑީ ކޮޕީ ހިމަންނަންވާނެ. އަދި ގުރުއަތު ނެގުމަށް އަންނައިރު އައި.ޑީ ކަރޑްގެ އަސްލު ގެންނަންވާނެ.” އީސީގެ އެސިސްޓަންޓް ޑިރެކްޓަރ ވިޝާލް

އިލެކްޝަންސް ކޮމިޝަންއިން ވިދާޅުވީ ގުރުއަތު ނެގުން މާލެއާއި ސިޓީތައް އަދި އެހެނިހެން ރަށްތަކުގައިވެސް ކުރިއަށްދާނީ، މާދަމާ ހެނދުނު 10:00ގައިކަމަށެވެ. މާލެ ސިޓީގައި ގުރުއަތު ނެގުން އޮންނާނީ އިންތިޚާބާ ބެހޭ މަރުކަޒުގައެވެ. އެއީ މާފަންނުގައި، ކުރީގެ ޑްރަގް ކޯޓު ހިންގި އިމާރާތެވެ.

އިލެކްޝަން ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ވިޝާލް ސަޢީދު ވިދާޅުވީ، ސިޓީތަކާއި އެހެނިހެން ރަށްތަކުގައި ގުރުއަތު ނެގުން ކުރިއަށްދާނީ ކައުންސިލް އިދާރާގައި ނުވަތަ އެރަށެއްގެ ކައުންސިލުން ކަނޑައަޅާ ތަނެއްގައިކަމަށެވެ.

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރުމަށް ހުށައަޅާފައެވެ.

އިލެކްޝަނުން ވިދާޅުވީ ނަން އަނބުރާ ގެންދަން ބޭނުންވާ ކެންޑިޑޭޓުންނަށް އެ ފުރުޞަތު މާދަމާގެ ހެނދުނު 10:00އާއި ހަމައަށް އޮންނާނެކަމަށެވެ. ގުރުއަތު ނެގުމަށްފަހު އެ ފުރުޞަތު ބަންދުވާނެއެވެ.

ނަން ތަރުތީބުކޮށްފައިވާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް އިލެކްޝަންސް ކޮމިޝަންއިން ރަސްމީކޮށް އިޢުލާނު ކުރާނީ ހޮނިހިރު ދުވަހުކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

މިފަހަރުގެ އިންތިޚާބުގައި 6 ސިޔާސީ ޕާޓީއަކުން ވާދަކުރެއެވެ. ސިޔާސީ ޕާޓީތަކުން 1210 ކެންޑިޑޭޓުން ވާދަކުރާއިރު އަމިއްލަ ގޮތުން ވާދަކުރަނީ 401 ކެންޑިޑޭޓުންނެވެ.

މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. މިފަހަރުގެ އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

election commission

ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބަށް މާލެ އަތޮޅު ނޫން ހުރިހާ އަތޮޅަކަށް ވޯޓު ފޮށިތައް ފޮނުވައިފި

Election commission

ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވަން ފަށައިފި

ޤާނޫނު އޮތް ގޮތުން އިންތިޚާބުގައި ވޯޓުލާން އީ ފާސް ބޭނުން ނުކުރެވޭނެ: އިލެކްޝަންސް

Election commission

އިންތިޚާބުގެ އޮފިޝަލުންނަށް ރިފްރެޝަރ ސެޝަންތައް ފަށައިފި