ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި

66

ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރު ކުރަމުން ދަނިކޮށް, ގުޅިފަޅު ކައިރިއަށް ބަންޑުންޖަހާލި ލޯންޗެއްގައި ތިބި މީހުން މިއަދު ސަލާމަތް ކޮށްފިއެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ “ބުލެޓް ސްޕީޑް” ނަމަކަށްކިޔާ މި ލޯންޗުން ދަތުރުކުރަމުންދިޔަ ނުވަ ފަތުރުވެރީންނާއި، ދެ ފަޅުވެރީންނާއި، ލޯންޗުގެ ކެޕްޓަން ކަނޑުވެފައިތިއްބައި ނަގާފައިވަނީ، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ “ބީޗް ސްޓޯން” ނަމަކަށް ކިޔާ ލޯންޗަކަށް ކަމަށެވެ.

އޭގެފަހުން ސީނަށް އެޓެންޑްވި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބާކްރާފްޓަށް އެ މީހުން ބަދަލުކޮށް، މިއަދު ހެނދުނު 09:40 ހާއިރު އެންމެން ވަނީ ސަލާމަތްތެރިކަމާ އެކު މާލެ ގެނެސްފައެވެ.

މި ހާދިސާގައި ކަނޑުވި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

ލޯންޗު އެކްސިޑެންޓްގައި އަތްބުރިވި މީހަކު ބޭސްފަރުވާއަށް އިންޑިއާއަށް

Mussss

ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި، ގެއްލުނު ދެ މީހަކު ހޯދަނީ

އަނދަމުންދާ ދޯނީގެ އަލިފާން ވަނީ މިހާރު ކޮންޓްރޯލް ކުރެވިފައި: އެމްއެންޑީއެފް

ހިތާމަވެރި ހާދިސާގައި ނިޔާވި އަލީ، އުމުރުގެ ބޮޑުބައި ހޭދަކޮށްފައިވަނީ ކަނޑުމަތީގައި