ކުއްލި ޚަބަރު

ޓްރީޓޮޕް ހޮސްޕިޓަލްގެ މާލޭ ކްލިނިކުން އެންޑޮކްރިނޮލޮޖީގެ ހިދުމަތް ލިބޭ ގޮތް ހަމަޖައްސައިފި

ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމަށް ގުރުއަތުލުން ފަށައިފި

ހުއިފިލަނޑާގެ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު ސަސްޕެންޑްކޮށްފި

ބީއެމްއެލް އާއި މައިންޑްކޯ ގުޅިގެން އޭއައި އަދި ޑޭޓާ ކޮމްޕިޓެންސީ ސެންޓަރެއް ގާއިމުކުރަނީ

މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) އާއި ބޭންކް އޮފް މޯލްޑިވްސް އާ ދެމެދު، އޭއައި އަދި ޑޭޓާ ކޮމްޕިޓެންސީ ސެންޓަރެއް ގާއިމުކުރުމަށް އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އެކު، ސަރުކާރުން ފައްޓަވާފައިވާ ‘މޯލްޑިވްސް 2.0’ ޑިޖިޓަލް ޓްރާންސްފޮމޭޝަން އެޖެންޑާގެ ދަށުން ކުރިއަށްގެންދާ ގައުމީ ފެންވަރުގެ މަޝްރޫއެކެވެ.

މި ސެންޓަރު ގާއިމުކުރުމަކީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށާއި، އާންމު ހިދުމަތްތައް ދިނުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އަ.އި) އާއި ޑޭޓާގެ ބޭނުން ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ އިސްތިރާތީޖީ ތަސައްވުރު ރަމްޒުކޮށްދޭ ކަމެކެވެ.

​​​މި ސެންޓަރަކީ ދައުލަތުގެ އިދާރާތަކަށާއި އިގްތިސާދީ މުހިންމު ދާއިރާތަކަށް ރައްކާތެރި އަދި ޒިންމާދާރު ގޮތެއްގައި ޑޭޓާ އާއި އޭއައި ބޭނުންކުރުމަށް އެހީތެރިވެދޭނެ ގައުމީ ވަސީލަތެކެވެ. މި ސެންޓަރުގެ މައިގަނޑު އަމާޒަކީ ގައުމުގެ ތަރައްގީގައި އިސްކަންދޭ ކަންތައްތައް ހާސިލްކުރުމަށްޓަކައި އާންމު ޚިދުމަތްތައް ރަނގަޅުކުރުމާއި މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމާއި ވިލުންތެރި އިގްތިސާދެއް ބިނާ ކުރުމަށް ބޭނުންވާ ހައްލުތައް ހޯދައިދިނުމެވެ.

ސަރުކާރުގެ އެކި ދާއިރާތަކަށް ދިމާވާ ގޮންޖެހުންތަކަށް އަމަލީހައްލު ހޯދުމަށްޓަކައި، އޭ.އަ.އި އަދި ޑޭޓާ ޓޫލްސްތައް އުފެއްދުމުގައި ރާއްޖޭގެޕްރައިވެޓް ސެކްޓަރއަށް ދައުވަތު ހުޅުވާލާ އެފަރާތްތަކާއި ގުޅިގެން މި ސެންޓަރުން މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ ޓެކްނޮލޮޖީ ކުންފުނިތަކާއި، އަލަށް ފަށާ ވިޔަފާރިތަކާއި، މި ދާއިރާގެ މާހިރުންނާއެކު ރޭވުންތެރިކަމާއެކު ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، އާ އީޖާދުތަކާއި ޓެކްނޮލޮޖީތައް ބޭނުންކުރުމަށްމަގުފަހިކޮށްދިނުމަށް މިސެންޓަރުން މަސައްކަތް ކުރާނެ އެވެ. އެއާއިއެކު، ގައުމީއިސްކަންދޭ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން، އާންމު ހިދުމަތްތައްފޯރުކޮށްދިނުމަށް އެކަށީގެންވާ، ރައްކާތެރި، އަދި ފުޅާކުރެވޭނެ ފަދަ ހައްލުތަކެއް މިމަރުކަޒުގެ ސަބަބުން މަގުފަހިވެގެންދާނެ އެވެ.

​​​މި ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް މައިންޑްކޯ އިން އިސްވެ ކުރިއަށްގެންދާއިރު ބީއެމްއެލް އިން މި މަޝްރޫއުގައި ބައިވެރިވަނީ، ސެންޓަރު ފެށުމުގެ މަރުހަލާގައި އެހީތެރިވެދޭނެ ސްޓްރެޓީޖިކް ޕާޓްނަރެއްގެ ގޮތުގައެވެ. ބީއެމްއެލްއިން މި މަޝްރޫއުގައި ބައިވެރިވުމުން ރަމްޒުކޮށްދެނީ ގައުމުގެ ޑިޖިޓަލް އަދި މާލީ ނިޒާމު ކުރިއެރުވުމަށާއި އާންމު ޚިދުމަތްތައްދިނުން ޒަމާނީ ކުރުމަށް ކުރެވޭ ގައުމީ މަސައްކަތްތަކަށް އެ ބޭންކުންދޭ އަހުމިއްޔަތުކަމެވެ.

​​​ގައުމުގެ އެންމެ ބޮޑު ބޭންކު، ބީއެމްއެލްގެ ތަޖުރިބާ ހުރި ދާއިރާތައް ކަމަށްވާ ޑިޖިޓަލް ޕޭމެންޓް، ފައިނޭންޝަލް ޓެކްނޮލަޖީ، ޑޭޓާ އާއި އޭއައި ބޭނުންކުރުމުގައި ހޯދަމުންދާ ތަޖުރިބާ، މި މަޝްރޫއު ކާމިޔާބު މަޝްރޫއަކަށް ހެދުމުގައި އެހީތެރިވެދޭނެ އެވެ. އަދި މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްގެ މާލީ ދާއިރާގެ ތަޖުރިބާ އާއި ޕްރެކްޓިކަލް އިންސައިޓްސް އަދި ޑިޖިޓަލް ގޮތުން ހޯދާފައިވާ ގާބިލުކަން ބޭނުންކޮށްގެން އާންމު ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ ސިސްޓަމްތައް ހަރުދަނާކުރުމަށާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ޑޭޓާގެ މައްޗަށް ބިނާކޮށް ފުރިހަމަ ނިންމުންތައް ނިންމަން ސަރުކާރުގެ އިދާރާތަކަށް ފަސޭހަވެގެންދާނެ އެވެ.

​​​މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ މާލީ އަދި ޕޭމެންޓްގެ ނިޒާމަށް މިހާރުވެސް އަންނަމުންދާ ހެޔޮ ބަދަލުތަކާއި ކުރިއެރުންތަކަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ އެވެ. މީގެ އިތުރުން ދައުލަތުގެ އިދާރާތައް ޑިޖިޓަލްކުރުމަށް ހިންގަމުންދާ މަޝްރޫއުތަކާއި، ރާއްޖޭގައި ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ ޑިޖިޓަލް މާލީ އޮނިގަނޑު އެއް މިސްރާބަކަށް ގެނެސް، އެކަންކަން އިތުރަށް ހަރުދަނާކުރުމަށް މި މަޝްރޫއުގެ ސަބަބުން މަގުފަހިވެގެންދާނެ ވެސްމެ އެވެ. ރައްކާތެރި ޑިޖިޓަލް ވަސީލަތްތަކާއި ޕޭމަންޓް ސިސްޓަމްތައް ބޭނުންކޮށްގެން ޚިދުމަތްތައް ދިނުން ފަދަ މަސއްކަތްތަކުން ބީއެމްއެލްއިން ހޯދާފައިވާ ތަޖުރިބާ ބޭނުންކޮށްގެން މި ސެންޓަރުގެ ޚިދުމަތްތައް ވީހާވެސް އަވަހަށް އަދި ޒިންމާދާރުކަމާއެކު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަކީ މި ސެންޓަރުގެ އެންމެ ބޮޑު އަމާޒެވެ.

​​​މި އެއްބަސްވުމަކީ ޑޭޓާ އާއި އޭއައިގެ ދާއިރާއިން ގައުމީ ގާބިލްކަން އިތުރުކުރުމަށާއި މުސްތަގުބަލުގައި ދިމާވެދާނެ ގޮންޖެހުންތަކަށް ތައްޔާރުވެފައިވާ ހުނަރުވެރި، މަސައްކަތްތެރި އާބާދީއެއް ބިނާ ކުރުމަށް ބީއެމްއެލް އާއި މައިންޑްކޯ އިންދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ. މީގެ އިތުރުން، ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ ހަގީގީ މަންފާ ރައްޔިތުންނަށާއި، މުއައްސަސާތަކަށް އަދި މުޅި ގައުމުގެ އިގުތިސާދަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަކީ މި ގުޅުމުގެ މުހިންމު އެއް އަމާޒެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ހިންގުމަށް ހަމަޖެހިފައިވާ މި ސެންޓަރުގެ މަސައްކަތް މިއަންނަ އެޕްރީލު މަހުގައި ފަށާނެއެވެ. މި މަޝްރޫއާ ގުޅޭ ތަފްސީލްތައް ކުރިއަށް އޮތްތަނުގައި ހާމަކުރަމުންދާނެ ކަމަށް ބެންކުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Large thumb

ބީއެމްއެލް އިސްލާމިކްގެ ހައްޖު ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

WhatsApp Image 2026 02 04 at 16.15.23 (1)

ބީއެމްއެލް އާއި މައިންޑްކޯ ގުޅިގެން އޭއައި އަދި ޑޭޓާ ކޮމްޕިޓެންސީ ސެންޓަރެއް ގާއިމުކުރަނީ

bml card

ބީއެމްއެލް ކްރެޑިޓް ކާޑުން ޑޮލަރު ލިބޭ މިންވަރު މިއަދުން ފެށިގެން އިތުރުވަނީ

ބީއެމްއެލްގެ “އެފޯޑަބަލް” 3،000 ފްލެޓް 2028 ވަނަ އަހަރުގެ މެދުތެރޭގައި ހަވާލުކުރަން ފަށާނެ: ޝަރީފު

TTH_advertisement